ads
ނާޒިމް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ އެމްއެންޕީ
ރިޔާސީ އިންތިހާބު އިންސާފުވެރިވާނެކަމާމެދު ސުވާލު އުފެދޭ: ނާޒިމް
މިއަހަރު ބާއްވާ ރިޔާސީ އިންތިގާބު އިންސާފުވެރިވާނެކަމާމެދު ސުވާލު އުފެދޭކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެޕާޓީގެ މައި ޖަގަހާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ އިންތިހާބުތަކަށް ދައުލަތުގެ ވަސީލަތްތަކާއި މުދަލާއި ފައިސާ ބޭނުންކުރުން އަދިވެސް ނުހުއްޓޭކަމަށާއި ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައިވެސް އެކަން ފެނިގެންދިޔަ ކަމަށެވެ.

އިންތިހާބުތަކާއި ދިމާކޮށް ސަރުކާރުން އިންތިހާބީ ވައުދުތައް އަދިވެސް ވަމުންދާކަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ފެނިގެންދިޔަކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީ ގޯތި ދިނުމަށް އެއްދުވަހު ހަވީރު ނިންމާފައި އެރޭ ދަންވަރު އިއުލަނުކުރުކަމަށް ނާޒިން މިދާޅުވިއެވެ. އަދި އިންތިހާބު ނިމުމުން އެކަން ބާތިލްވެގެން ދިޔަކަމަށް ނާޒިމް ވިދާޅުވިއެވެ.

"އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުންދާ މިންވަރަށް ބަލާއިރު، މިއަހަރުގެ ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ މިންވަރާމެދު ސުވާލު އުފެދޭ"

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މިހާރުގެ މެމްބަރު ނާޒިމް ވިދާޅުވީ އެމްއެންޕީން ރިޔާސީ އިންތިހާބަށް ނިކުންނާނީ އެކަނިކަމަށެވެ. އަދި އެއްވެސް ބަޔަކާއި ކޯލިޝަން ހެދުމުގެ ވިސްނުންވެސް ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނޫން ޗޮއިސްއެއް ރައްޔިތުންނަށް މިހާރު ނެތްކަމަށާއި ކޯލިޝަނަކާއި ނުލައި އެކަނި ވާދަކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް