ads
ރޮނާލްޑޯ އަލްނަސްރުގެ ޕްރެކްޓިސް ކިޓުގައި
ރޮނާލްޑޯގެ ތިންވަނަ މެޗު މިރޭ، ލަނޑެއް ޖެހޭނެބާ؟
ރެކޯޑް އަގަކަށް ސައުދީ އަރަބިއްޔާގެ އަލްނަސްރަށް ބަދަލުވި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ކުޅޭ ތިންވަނަ މެޗު މިރޭ އޮންނާނެއެވެ.

ސައުދީ ލީގުގައި އަލްނަސްރާ އަލްފަތޭހް ކުޅޭ މެޗު ފެށޭނީ މިރޭ ރާއްޖޭ ގަޑިން އަށެއް ޖަހާއިރުއެވެ. ރޮނާލްޑޯ އަލްނަސްރަށް ކުޅޭ ތިންވަނަ މެޗަށް މިރޭގެ މެޗު ވެގެން ދާއިރު އޭނާއަށް އަދި އެ ޓީމަށް އެންމެ ލަނޑެއްވެސް ނުޖެހެއެވެ. 

ރޮނާލްޑޯގެ އަލްނަސްރަށް ކުޅުނު ފުރަތަމަ މެޗަކީ ސައުދީ ލީގުގައި ކުޅުނު މެޗެކެވެ. އެ މެޗު އެއް ލަނޑު ސުން ލަނޑުން އެ ޓީމު މޮޅުވިއިރު ދެވަނަ މެޗަކީ ސައުދީ ސުޕަރ ކަޕްގައި އަލްނަސްރު ކުޅުނު މެޗެވެ. އެ މެޗުން ތިން ލަނޑު އެއް ލަނޑުން އަލްނަސްރު ބަލިވެ މުބާރާތުން ކެޓީއެވެ. އެ މެޗުން ބަލިވުމުން ޓީމުގެ ކޯޗު ރޫޑީ ގާސިއާ ބުނީ ޓީމް ބަލިވީ ރޮނާލްޑޯއާ ހެދި ކަމަށެވެ. 

މިރޭ ކުޅޭ މެޗަކީ ރޮނާލްޑޯގެ ތިންވަނަ މެޗެވެ. މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ސައުދީގެ އަލްނަސްރަށް ހުއްޓިފައިވާއިރު، ރޮނާލްޑޯގެ އެ ޓީމަށް ޖަހައިދޭ ފުރަތަމަ ލަނޑު މިރޭ ފެނިދާނެބާއެވެ؟ 

45%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް