ads
ރިއަލް މެޑްރިޑްގެ ބެންޒެމާ
ވެލެންސިޔާ ބަލިކޮށް ރިއާލުން ފަރަގު ކުޑަކޮށްފި
ވެލެންސިޔާ ބަލިކޮށް، ރިއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއްވަނައިގަ އޮތް ބާސެލޯނާއާ ފަރަގު ކުޑަކޮށްފިއެވެ.

ވެލެންސިޔާ އަތުން ރިއާލް މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. ރެއާލުން މޮޅުވުމާ އެކު ބާސެލޯނާގެ ލީޑު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ. ބާސެލޯނާ އަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލްގެ އޮތީ 19 މެޗުން 45 ޕޮއިންޓެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރިއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ރިއާޅުން ލީޑުނެގީ މާކޯ އަސެންސިއޯ އޭރިއާބޭރުން ޖެހި މޮޅު ގޯލަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން ވިނީޝިއުސް ވަނީ ރިއާލްގެ ދެވަނަ ލަނޑު ޖަހާފައެވެ.

ރިއާލް ދެވަނައިގަ އޮތް އިރު ލީގުގެ 14 ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ 19 މެޗުން 20 ޕޮއިންޓް ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް