ads
އެމްބާޕޭ
އެމްބާޕޭއަށް އަނިިޔާވެ މުހިއްމު މެޗުތަކެއް ގެއްލެނީ
ކީލިއަން އެމްބާޕޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ޕީއެސްޖީގެ މުހިއްމު މެޗުތަކެއް އޭނާއަށް ގެއްލޭނެކަން ކަށަވަރު ވެއްޖެއެވެ.

އެ މެޗަށް ފަހު ހެދި މެޑިކަލް ޓޭސްޓުތަކުން އެނގުނު ގޮތުގައި އެމްބާޕޭގެ އަނިޔާއިން ރަނގަޅުވެ އަލުން ކުޅެން ތިން ހަފްތާއެއްހާ ދުވަސް ނަގާނެއެވެ.

ތިން ހަފްތާއަށް އެމްބާޕޭ ކުޅުމުން ދުރަށް ދާން ޖެހުނުއިރު، އެ މުއްދަތުގެ ތެރޭގައި ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ބަޔާން މިއުނިކާ ކުޅޭ މެޗާއި ފްރެންޗް ކަޕްގައި މާސޭއާ ދެކޮޅަށް ކުޅޭ މެޗާއި ލީގުގައި މޮނާކޯއާ ދެކޮޅަށް ޕީއެސްޖީން ނުކުންނަ މެޗު އޮންނާނެއެވެ.

ފްރެންޗް ކަޕްގައި މާސޭއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ފެބްރުއަރީ ނުވައެއްގައެވެ. ލީގުގައި މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ފެބްރުއަރީ 11 ގައެވެ. އަދި ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ފެބްރުއަރީ 15 ގައެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް