ads
ރޮނާލްޑޯ އަލްނަސްރުގެ ޖޯޒީގައި
ރޮނާލްޑޯ ފަހު ވަގުތު އަލްނަސްރު ސަލާމަތްކޮށްދީފި
ދެ ލަނޑު އެއް ލަނޑުން ބަލިވާން ދަނިކޮށް، ފަހު ވަގުތު ރޮނާލްޑޯ ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކު، ސައުދީ ލީގުގައި އެއްވަނައިގަ އޮތް އަލްނަސްރު ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ރަށުން ބޭރުގައި އަލްފަތްހާ ދެކޮޅަށް ހުކުރު ދުވަހުގެ ރޭ އަލް ނަސްރު ކުޅުނު މެޗުގައި މެޗުގެ ކުރީކޮޅު އަލްފަތްހުން ލަނޑެއް ޖަހައި ކުރި ހޯދިއެވެ. އޭގެ އިރުގަނޑެއް ފަހުން ނަސްރުން ލަނޑެއް ޖަހައި އެއްވަރު ކުރިނަމަވެސް ދެވަނަ ހާފުގެ ތެރޭގައި ފަތްހުން އަނެއްކާ ގޯލެއް ޖަހައި ކުރި ހޯދިއެވެ. 

މި ނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ނަސްރު ސަލާމަތްކޮށްދިނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ނަސްރަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. 

ރޮނާލްޑޯގެ މި ލަނޑަކީ އޭނާ އަލްނަސްރަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މި މެޗަކީ އޭނާގެ ތިންވަނަ މެޗެވެ.

ހުކުރު ދުވަހުގެ ރޭ ޕެނަލްޓީއަކުން ރޮނާލްޑޯގެ ލަނޑުން އަލްނަސްރު ސަލާމަތްވީއިރު، ފުރަތަމަ ހާފުގައި ރޮނާލްޑޯ ޖެހި ލަނޑެއް އޮފް ސައިޑު ކަމަށް ރެފްރީ ނިންމިއެވެ. އޭގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ރޮނާލްޑޯ އަތުން މިސްވިއެވެ. 

78%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް