ads
ކޮންޓްރެކްޓް އާކުރި މާޒިޔާގެ ބައެއް ކުޅުންތެރިން
މާޒިޔާގެ ގިނަ ކުޅުންތެރިން ކޮންޓްރެކްޓް އާކޮށްފި
މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ ގިނަ ކުޅުންތެރިންތަކެއް އަނެއްކާވެސް ކްލަބުގައި މަޑު ކުރަން ނިންމައި ކޮންޓްރެކްޓް އާކޮށްފިއެވެ.

މާޒިޔާއިން ހާމަކުރި ގޮތުގައި މިހާތަނަށް އެ ކްލަބުގެ ހަތް ކުޅުންތެރިއަކުވަނީ ކޮންޓްރެކްޓް އާކޮށްފައެވެ. މިހާތަނަށް ކޮންޓްރެކްޓް އާކޮށްފައިވާ ހަތް ކުޅުންތެރިންނަކީ، ގައުމީ ޓީމުގައިވެސް ހިމެނޭ ހުސެއިން ނިހާނު، ހަސަން ޝިފާޒް (ޑުންގާ)، ޒުވާން ގޯލް ކީޕަރު ހުސެއިން ޝަރީފް  އިބްރާހީމް އައިސަމް، މުހައްމަދު އިރުފާން، ސަމޫހް އަލީ އަދި އިޔާން އަބްދުލްއަލީމްއެވެ. 

މީގެ ތެރެއިން ޑުންގާއަކީ ފެށުނީއްސުރެ މާޒިޔާއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. 

މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ކޮންޓްރެކްޓް އާކޮށްފައިވާއިރު، މާޒިޔާއަކީ އެންމެ ފަހުގެ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މި އަހަރުވެސް އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލް ކުރާނެ ޓީމެވެ. 

މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ކޮންޓްރެކްޓް އާކޮށްފައިވާއިރު، އެ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ސީޒަނަށް ޕްރެކްޓިސް ފަށާށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހުގެ ފަހުކޮޅު އާ ސީޒަން ފަށާނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް