ads
ރޮނާލްޑޯ އަލްފަތޭހް މެޗުގައި
ޕޮއިންޓެއް މި ލިބުނީ ވަރަށް އުނދަގޫ މެޗަކުން: ރޮނާލްޑޯ
އަލްފަތޭހާ ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، އެކަމަކު ލަނޑެއް ޖަހައި މެޗުން ޕޮއިންޓެއް ހޯދުނީތީ އުފާވާ ކަމަށް ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އަލްފަތޭހާ ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، އެކަމަކު ލަނޑެއް ޖަހައި މެޗުން ޕޮއިންޓެއް ހޯދުނީތީ އުފާވާ ކަމަށް ރޮނާލްޑޯ ބުނީ މެޗަށް ފަހު ސޯޝަލް މީޑިއާގައެވެ. 

ރޮނާލްޑޯވަނީ އަލްފަތޭހާ ދެކޮޅަށް އަލްނަސްރު ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު، ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހައި އަލްނަސްރު ބަލިވިޔަ ނުދީ ސަލާމަތްކޮށްދީފައެވެ. 

މި މެޗުން ނަސްރު އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ. މެޗުގެ 93 ވަނަ މިނިޓުގައި ރޮނާލްޑޯ ޖެހި ލަނޑަކީ އަލްނަސްރަށް ރޮނާލްޑޯ ޖަހައިދިން ފުރަތަމަ ލަނޑުވެސް މެއެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް