ads
ހަމްޕު އަދި ދާދު
ހަމްޕު އަދި ދާދުވެސް މާޒިޔާގެ ކޮންޓްރެކްޓް އާކޮށްފި
ގައުމީ ޓީމުގެ މުހިއްމު ދެ ފޯވާޑުން ކަމަށްވާ، ހަމްޒާ މުހައްމަދު (ހަމްޕު) އަދި ނާއިޒް ހަސަން (ދާދު)ވެސް މާޒިޔާގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމްޕު ސޮއިކުރީ އިތުރު ތިން އަހަރަށެވެ. ހަމްޕުއަކީ 2019 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ދާދުގެ ކޮންޓްރެކްޓް އަލުން އިތުރު ކުރިއިރު، ދާދު މާޒިޔާއާ ގުޅުނީ 2018 ވަނަ އަހަރުއެވެ.  

ހަމްޕުއާ ދާދުގެ އިތުރުން އެހެން ހަތް ކުޅުންތެރިއަކުވެސްވަނީ މާޒިޔާގައި މަޑު ކުރަން ނިންމާފައެވެ. 


ހަމްޕުއާ ދާދުގެ ކުރިން ކޮންޓްރެކްޓް އާކޮށްފައިވާ ހަތް ކުޅުންތެރިންނަކީ، ގައުމީ ޓީމުގައިވެސް ހިމެނޭ ހުސެއިން ނިހާނު، ހަސަން ޝިފާޒް (ޑުންގާ)، ޒުވާން ގޯލް ކީޕަރު ހުސެއިން ޝަރީފް  އިބްރާހީމް އައިސަމް، މުހައްމަދު އިރުފާން، ސަމޫހް އަލީ އަދި އިޔާން އަބްދުލްއަލީމްއެވެ. މީގެ ތެރެއިން ޑުންގާއަކީ ފެށުނީއްސުރެ މާޒިޔާއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ކޮންޓްރެކްޓް އާކޮށްފައިވާއިރު، މާޒިޔާއަކީ އެންމެ ފަހުގެ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މި އަހަރުވެސް އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލް ކުރާނެ ޓީމެވެ.

މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ކޮންޓްރެކްޓް އާކޮށްފައިވާއިރު، އެ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ސީޒަނަށް ޕްރެކްޓިސް ފަށާށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހުގެ ފަހުކޮޅު އާ ސީޒަން ފަށާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް