ads
ލިވަޕޫލްގެ ކޯޗު ކްލޮޕް
ލިވަޕޫލް ގޯހުން ގޯހަށް
ވުލްވްސް އަތުން ބޮޑު ތަފާތަކުން ބަލިވެ، ލިވަޕޫލްގެ ދަތުރު ގޯހުން ގޯހަށް އަނެއްކާވެސް ގޮސްފިއެވެ.

ހޮނިހިރު ދުވަހު ލިވަޕޫލްވަނީ ރަށުންބޭރުގައި 3-0 އިން ވުލްވްސް އަތުން ބަލިވެފައެވެ. އޭގެ ކުރިން މިދިޔަ ހަފްތާގައި ލިވަޕޫލްވަނީ ބްރައިޓަން އަތްދަށުގެ ލީގު ކަޕުންވެސް ކަޓާފައެވެ.

ވުލްވްސް އާ  ލިވަޕޫލްގެ މެޗުގައި ލިވަޕޫލް ކޮޅަށް މެޗުގެ ވަރަށް ކުރީ ދެ ގޯލު ޖަހައިފައިވެއެވެ. އެއީ ފަސްވަނަ މިނިޓުގައި އަދި 12 ވަނަ މިނިޓްގައެވެ. ފަހު ލަނޑަކީ މެޗު ނިމެން ވިއްސަކަށް މިނިޓަށްވެފައިވަނިކޮށް ޖެހި ލަނޑެކެވެ. މި މެޗުން ބަލިވުމާ އެކު ލިވަޕޫލަށް މޮޅެއް ނުލިބި ޖެހިޖެހިގެން ހަތަރު ލީގު މެޗު ނިމުނީ އެވެ. އޭގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ.

ޓޭބަލަށް ބަލާއިރު، ލިވަޕޫލް އޮތީ ލީގުގެ 10 ވަނައިގައެވެ. އެއީ 20 މެޗުން 29 ޕޮއިންޓާއެކުއެވެ.

ލިވަޕޫލް ދެން ކުޅެން އޮތް މެޗަކީ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާ ނިއުކާސްލް މެޗެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް