ads
ހަންނަ ގައުމީ ޓީމުގައި (ފޮޓޯ އަދަދު)
އީގަލްސްގެ ހަންނަ މާޒިޔާއަށް
ކްލަބު އީގަލްސްގެ ޒުވާން ފޯވާޑު، ހަސަން ރާއިދފް އަހްމަދު (ހަންނަ) ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައި މާޒިޔާއަށް ކުޅެން، އެ ޓީމަށް ސޮއިކޮށްފިއެވެ.

ހަންނަ މާޒިޔާއަށް ސޮއިކުރިކަން އެ ކްލަބުން ހާމަކުރީ މިއަދުއެވެ. ހަންނައަކީ މިހާރު ރާއްޖޭގެ އެންމެ ހުނަރުވެރި އަދި އަރަމުން އަންނަ އެންމެ ޒުވާން އުއްމީދީ އެއް ކުޅުންތެރިޔާއެވެ. ގައުމީ ޓީމުގައިވެސް ހިމެނޭ ހަންނަވަނީ ގައުމީ ޓީމުގައި ހިމުނިގެން ކުޅުނު ފުރަތަމަ މެޗުގައިވެސް ލަނޑެއް ޖަހާފައެވެ.

ހަންނައަކީ އަންނަ ސީޒަނަށް މާޒިޔާއިން އަލަށް ސޮއި ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ. މާޒިޔާގައި މިހާރު ތިބި ގިނަ ކުޅުންތެރިންތަކެއްވަނީ ކޮންޓްރެކްޓް މިހާރު އާކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ކޮންޓްރެކްޓް އާކުރި ހަމްޕުއާ، ދާދުގެ އިތުރުން ކުރިން ކޮންޓްރެކްޓް އާކުރި ފަސް ކުޅުންތެރިއަކު ހިމެނެއެވެ.

މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ކޮންޓްރެކްޓް އާކޮށްފައިވާއިރު، މާޒިޔާއަކީ އެންމެ ފަހުގެ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މި އަހަރުވެސް އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލް ކުރާނެ ޓީމެވެ.

މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ކޮންޓްރެކްޓް އާކޮށްފައިވާއިރު، އެ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ސީޒަނަށް ޕްރެކްޓިސް ފަށާށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހުގެ ފަހުކޮޅު އާ ސީޒަން ފަށާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް