ads
ޗައިނާ އީސްޓާން އެއާލައިން: މިއީ މިފަހުން ރާއްޖެއަށް ދަތުރުކުރަން ފެށި ޗައިނާގެ ދެވަނަ އެއާލައިން - ފޮޓޯ:ޗައިނާ އީސްޓާން އެއާލައިން
ޗައިނާ އީސްޓާން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
ޗައިނާ އީސްޓަން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ޗައިނާގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. ޝަންހާއީގެ ޕްޑޮން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ވީއައިއޭ އާ ދެމެދު ކުރާ މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ އޭ-300 މަރުކާގެ ބޯޓެވެ.

ޗައިނާ އީސްޓާން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފެށިއިރު، ފުރަތަމަ ފްލައިޓަށް ވީއައިއޭއިން މަރުހަބާ ކިޔާފައިވަނީ ވޯޓަ ސެލިއުޓަކާ އެކުގައެވެ. އެ އެއާލައިނުގެ ފުރަތަމަ ފްލައިޓުން 207 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ޗައިނާ އީސްޓާންއިން ރާއްޖެއަށް ހަފުތާއަކު އެއް ދަތުރުކުރުމަށް ނިންމާފައިވާއިރު، ދަތުރުތަކުގައި ބޭނުންކުރާނީ 232 ފަސިންޖަރުންގެ ޖާގައިގެ ބޯޓުތަކެވެ.

ޗައިނާ އީސްޓާން އެއާލައިންގެ ދަތުރުތައް ފެށިއިރު،

  • ޗައިނާގެ ބެއިޖިން ކެޕިޓަލް އިން ދަނީ ރާއްޖެ އާއި ބެއިޖިން އާ ދެމެދު ޗާޓަރު ދަތުރުތައް ކުރަމުން
  • ޗައިނާ ސަދަން އެއާލައިންގެ ދަތުރުތައް މި މަހު ފެށުމަށް ވަނީ ނިންމާފައި
  • ހޮންގްކޮންގް އެއާލައިނުންވެސް ވަނީ ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައި

ކޮވިޑް އާ ގުޅިގެން ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ އިން ފަތުރުވެރިން އަންނަން ފަށާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ބެއިޖިން ކެޕިޓަލް އެއާލައިނުން 198 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ޗައިނާއިން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް 6،563 ފަތުރުވެރިން އައިސްފައިވެއެވެ. ޗައިނާ އަކީ މިހާރު ރާއްޖެއަށް އަށްވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް