
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން،
- 2021 ވަނަ އަހަރު ބޭރުކޮށްފައިވަނީ 76.52 މެޓްރިކް ޓަނުގެ މަސް
- މިދިޔަ އަހަރު 76.10 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވޭ
- މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 0.5 އިންސައްތައިގެ ދަށްވުމެއް
ރާއްޖޭން މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކޮށްފައިވާ މަހުގެ ބާވަތްތަކެވެ. ގަނޑުކޮށްގެން 65.58 މެޓްރިކް ޓަނުގެ މަސް ރާއްޖޭން ބޭރުކޮށްފައިވެއެވެ. އޭގެ ތެރެއިން 55.15 މެޓްރިކް ޓަނަކީ ގަނޑުކުރި ކަޅުބިލަމަހުގެ ބާވަތްތަކަށްވާއިރު 9.84 މެޓްރިކް ޓަނަކީ ގަނޑުކުރި ރީނދޫ އުރަހަ ކަންނެލީގެ ބާވަތްތަކެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި،
- މިދިޔަ އަހަރު 8.44 މެޓްރިކް ޓަނުގެ ދަޅުމަސް ވަނީ ބޭރުކޮށްފައި
- 2021 ވަނަ އަހަރު ބޭރުކޮށްފައިވަނީ 7.84 މެޓްރިކް ޓަނުގެ ދަޅުމަސް
ވޭތުވެދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް މަސް ބޭރުކޮށްފައިވަނީ ޑިސެމްބަރު މަހުގައެވެ. އެ މަހު ރާއްޖޭން 10.73 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭން މަސް ބޭރުކުރި އަދަދާ އަޅާބަލާއިރު 45 އިންސައްތަ އިތުރު އަދަދެކެވެ.
ނިމިދިޔަ އަހަރު މަސް ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ.
- 2021 ވަނަ އަހަރު މަސް ކުންފުނިތަކުން 88.31 މެޓްރިކް ޓަނުގެ މަސް ގަނެފައިވޭ
- ފާއިތުވެދިޔަ އަހަރު ގަނެފައިވަނީ 81.03 މެޓްރިކް ޓަނުގެ މަސް
- މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 8.2 އިންސައްތަ ދަށް އަދަދެއް