ads
ތުރުކީ ބޯޑަރާއި ކައިރީގައި އޮންނަ ސީރިއާގެ އިދްލިބް ބިންހެލުމުގައި ސުންނާފަތި ވެފައި
ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 5000 އިން މައްޗަށް
ތުރުކީ ސީރިއާ ބޯޑަރު ކައިރިއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި ދެ ގައުމުން މަރުވި މީހުންގެ އަދަދު 5000 ހުރަސްކޮށްފިއެވެ.

ތުރުކީއާއި ސީރިއާއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު 7.8 މެގްނިޓިއުޑްގެ މި ބިންހެލުމުގައި އިމާރާތްތައް ބިމާއި ހަމަވެފައިވާއިރު އެތައްހާސްބަޔަކުވަނީ ގެއްލިފައެވެ.

އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ މީހުންނަށް ސަލާމަތުން ހުއްޓާ މިހާތަނަށް ފެނިފައިވަނީ މަދު މީހެކެވެ. މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 5000 ހުރަސްކޮށްފައި ވާއިރު އޭގެތެރޭގައި ގިނައީ ތުރުކީ ސަރަހައްދުގައި ތިބި މީހުންނެވެ.

މިހާތަނަށް 3000 އަށް ވުރެ ގިނަ މީހުން މަރުވިކަން ތުރުކީން ޔަގީންކޮށްދޭއިރު ބިންހެލުމުގައި 2000 އަށް ވުރެ ގިނަ މީހުން ސީރިއާއިން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ތުރުކީއަށް އިއްޔެއައި7.8 ގެ ބާރުގަދަ ބިންހެލުމަށްފަހު މިހާރުވެސް އަންނަނީ ދޭތެރެ ދޭތެރެއިން ލޮޅުންތައް އަންނަމުންނެވެ. މީހުން ސަލާމަތްކުރުމާއި އެހީ ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މުޖްތަމައުވެސް މިހާރުވަނީ މަސައްކަތް ފަށާފައެވެ.

އެގޮތުން އެމެރިކާއާއި ޗައިނާ އަދި ހުޅަނގުގެ ގައުމުތަކުން މިހާރު އެހީގެ ތަކެތި ތުރުކީއާއި ސީރިއާއަށް ގެންދަނީ ފޯރުކޮށްދެމުންނެވެ. 

މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 5000 ހުރަސްކޮށްފައިވާއިރު، އެތައް ހާސް ބަޔަކަށްވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އަދި އެތައް ހާސް ބަޔަކު ގެދޮރުގެއްލި މަގުމަތިވެފައިވާކަމަށް އެހީދޭ ޖަމާއަތްތަކުން އަންނަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް