ads
ފެނަކަ އާއި ޓިކްޓެކް އިންވެސްޓްމަންޓާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ފެނަކަ
ކުޅުދުއްފުށި ރޯހައުސްތައް މަރާމާތު ކުރަން ބަޔަކާ ހަވާލުކޮށްފި
ހދ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ޓިކްޓެކް އިންވެސްޓްމަންޓާއި ފެނަކައާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

ޖުމްލަ 11.5 މިލިއަން ރުފިޔާގެ (11،500،000 ރުފިޔާ) ގެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ މިއަދުން ފެށިގެން 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

އެހެންކަމުން ޖޫން 7 ވަނަ ދުވަހުގެ ކުރިން އެ މަޝްރޫއުގެ މަސައްކަތްތައް ނިންމަން ޖެހޭނެ އެވެ. 

މިއަދު އޮތް ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. އަދި ޓިކްޓެކް އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޕާޓްނަރު މުހައްމަދު އަސްލަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް