ads
ގެއެއްގެ ދަށުގައި ތާށިވެފައިވާ މިދެބެއިން 17 ގަޑިއިރުފަހުން ފެނުނުއިރު ކޮއްކޮ ހިމާޔަތް ކޮށްދީގެން އޮތީ ތުއްތު ދަތްތަ——ފޮޓޯ: އައިއޭސީ
ބިން ހެލުމުގައި ސީރިއާގެ 1000 އަށްވުރެ ގިނަ މީހުން ގެތަކުގެ ދަށުވެފައި!
ސީރިއާ އަދި ތުރުކީ އަށް އިއްޔެގެ ވަގުތެއްގައި ރެކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގައި އައި ބިން ހެލުމަކީ ގަރުނެއްތެރޭ އެ ސަރަހައްދުތަކަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

މި ބިން ހެލުމަށްފަހު އިއްޔެގެ އެކި ވަގުތުތަކުގައި ލޮޅުންތައް އައިސްފައިވެއެވެ. ބޮޑެތި އިމާރާތްތަކުން ފުރިފައިވާ ތުރުކީގެ ނަލަ އިމާރާތްތައް ސިކުންތުކޮޅެއްތެރޭ ބިމާ ހަމަވިއިރު މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ އެތައް ބަޔެއްގެ ގެދޮރު ވަނީ ގެއްލިފަ އެެވެ.

ސީރިއާއަށް މި ބިން ހެލުމުގަައި ކުރާ އަސަރު އެތައް ގުނަ ބޮޑެވެ. ހަނގުރާމައެއްތެރޭ އެތައް ޒަމާންތަކެއް ވަންދެން އަނިޔާލިބިލިބި ތިމި އެ މުސްލިމް އަހުންނަށް އިތުރު މުސީބާތެކެވެ. ޒަމާންތަކެއް ވަންދެން ގެދޮރު ގެއްލި އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައި ތިބި އަހުންނަށް އިތުރު ހިތާމައެކެވެ. 

އާއިލާ އާއި ދަރިންނާއި ވަކިވެ އިތުރު ނިކަމެތި ކަމެކެވެ. ސީރިއާގައި މިހާތަނަށް 5000 އެއްހާ މީހުން މަރުވެފައިވާއިރު 23،973 މީހަކު ވަނީ ޒަހަމުވެފައެވެ. 

ދުނިޔޭގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނިގޮތުގައި ސީރިއާގައި ބިންހެލުމުގެ ސަބަބުން ހަލާކުވެފައިވާ ގެތަކުގެ ދަށުވެފައިވާ 1500 މީހަކު މިހާތަނަށް ދެނެގަނެވިފައި ވެއެވެ. 

އޭގެތެރެއިން 40 ގަޑިއިރު ނުކައި ނުބޮއި އޮތް ތުއްތު ކުއްޖަކު ވަނީ ސަލާމަތް ކުރެވިފައެވެ. ނުކައި ނުބޮއި 40 ގަޑިއިރު ފިނީގައި އޮތުމުގެ ސަބަބުން އެކުއްޖާގެ ވަރު ވަނީ ދެރަވެފައެވެ. 

އަދިވެސް ގެތަކުގެ ދަށުވެފައިވާ ފަރާތްތަށް ހޯދުމުގެ މަސައްކަތްތަށް ދަނީ ކުރަމުން ނެވެ. ސީރިއާއަށް އެހީ ފޯރުކޮށްދޭން ބޭނުންވާ ދިވެހީންނަށް ކުއްލި އެހީގެ ފަނޑު މިހާރު އައިއޭސީ އިން ވަނީ ހުޅުވާލާފަ އެވެ.   

”މިގޮތުން ގެދޮރު ގެއްލުނު ފަރާތްތަކަށް މިވަގުތަށް އެންމެ ބޭނުން ޖެހިފައިވަނީ ކާބޯތަކެއްޗަށް ކަމުން ކެއްކި ތާޒާ ހޫނު ކެއުން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް އަޅުގަނޑުމެންގެ ޓީމުން ދަނީ ކުރަމުން. މިކަމުގައި ހުރިހާ ބޭފުޅުންގެ އިހްލާސްތެރި އެހީތެރިކަމަށް އަޅުގަނޑުމެން ގޮވާލަން.“ އައިއޭސީން ބުންޏެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް:

ބީއެމްއެލް އިސްލާމިކް އެކައުންޓް ނަމްބަރު: 7770000062741 

އެކައުންޓް ނަން: International Aid Campaign 

22%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް