ads
ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: ޖޭޕީ
ކެމްޕޭނު ފެށުމަށް ޖޭޕީން ވެސް ކާނިވަލުގައި ޖަލްސާއެއް ބާއްވަނީ
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ފެށުމަށް ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ ސްޓްރެޓީޖިކް ޕްލޭނިން ކޮމިޓީގެ މެމްބަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ޖަލްސާ އޮންނާނީ މި މަހު 13 ގައި ކަމަށެވެ.

"ދީނާއި ގައުމުގެ ދިފާއުގައި"ޝިއާރުގެ ދަށުން ބާއްވާ ޖަލްސާގައި ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުން ތައާރަފް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޖޭޕީގެ ޓިކެޓުގައި 127 ކެންޑިޑޭޓުން ވާދަކުރަން ހަމަޖެހިފައި ވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ ޕާޓީގެ 56 މެމްބަރުން ވާދަކުރާނެ އެވެ. 

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް ރާއްޖޭގެ މައި ދެ ޕާޓީ، އެމްޑީޕީ އާއި ޕީޕީއެމުން ވެސް ވަނީ ކެމްޕޭމް ލޯންޗުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް