ads
ކަސްޓަމްސް ޓީމު
އިންޓަރއޮފީސް ބެޑްމިންޓަން ޗެމްޕިއަންކަން އެމްޓީސީސީއާ ކަސްޓަމްސްއަށް
ފަސްވަނަ އިންޓަރއޮފީސް ބެޑްމިންޓަން ޗެމްޕިއަންކަން އެމްޓީސީސީއާ ކަސްޓަމްސްއިން ހޯދައިފިއެވެ. އެމްޓީސީސީން ހޯދީ މުބާރާތުގެ ފިރިހެން ޓީމް އިވެންޓްސްގެ ޗެމްޕިއަންކަމެވެ. ކަސްޓަމްސްއިން ހޯދީ އަންހެން ޓީމް އިވެންޓްސްގެ ޗެމްޕިއަންކަމެވެ.

މުބާރާތުގެ އަންހެން ޓީމް އިވެންޓްސްގެ ފައިނަލްގައި ކަސްޓަމްސްއާ ވާދަކުރީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޓީމެވެ. މުބާރާތުގެ ފިރިހެން ޓީމް އިވެންޓްގެ ފައިނަލްގައި އެމްޓީސީސީން ވާދަކުރީ އެމްއެންޑީއެފާއެވެ.

ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ފެށުނު 5 ވަނަ އިންޓަރއޮފީސް ބެޑްމިންޓަން މުބާރާތުގެ ފިރިހެން ބައިގައި 13 ޓީމު ވާދަކުރި އިރު މުބާރާތުގެ އަންހެން ބައިގަ ވާދަކުރީ އަށް ޓީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް