ads
ވަކީލުން ދޮގުހަދާނަމަ އެ މައްސަލަ ބަލާނެ: ޕީޖީ ޝަމީމް
ފުލުހުންގެ ތަހުގީގާއި ގުޅޭގޮތުން ވަކީލުން ދޮގު ހަދާނަމަ އެ މައްސަލަ ބަލާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކުރެއްވި ޓްވީޓެއްގައި ޝަމީމް ވިދާޅުވީ، ޤާނޫނީ ވަކީލުންގެ ދައުރަކީ ދޮގު ހަދައި އޮޅުވާލު ނޫންކަމަށެވެ. އަދި ވަކީލުންގެ ދައުރަކީ އިންސާވެރިކަމާއި އެކު ޝަރީއަތްތައް ހިނގާކަން ކަށަވަރުކުރުން ކަމަށް ޝަމީމް ވިދާޅުވި އެވެ. 

އަދި ވިދާޅުވީ ފުލުހުންގެ ތަހުގީގާއި ގުޅޭގޮތުން ވަކީލުން ދޮގުހަދާނަމަ ބާ ކައުންސިލުން އެ މައްސަލަ ބަލާނެ ކަމަށެވެ. އަދި ނިޒާމަށް އޮތް އިތުބާރު އިތުރު ކުރުމަށް ބާ ކައުންސިލްގެ ދައުރު ބޮޑު ކަމަށް ޝަމީމް ވިދާޅުވި އެވެ. 

ޝަމީމް މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މީޑިއާއަށް ދޮގު މައުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ބާކައުންސިލްގެ ގާނޫނުގައި ވާގޮތުން ވަކީލުންނާއި ގުޅުންހުރި ހުރިހާ މައްސަލައެއް ނިންމާނީ ބާ ކައުންސިލުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް