ads
ފޮޓޯ: ޑީއާރްޕީ
ޖާބިރު ޖެޓްސްކީ އެއްގައި ބޮޑުމޮހޮރާއަށް ދިއުމަށް ނިންމައިފި
ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ވ. ބޮޑުމޮހޮރާއަށް ހަވާލުވުމަށް ޖެޓްސްކީއެއްގައި ދިއުމަށް ނިންމައިފި އެވެ.

ޑީއާރްޕީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ވަރަށް ދިގު އިންތިޒާރަކަށްފަހު ޖާބިރަށް ބޮޑުމޮހޮރާ ލިބުމުން އެ ރަށާއި ހަވާލު ވުމަށް ޖެޓްސްކީ އެއްގައި މިއަދު މެންދުރު 01:00 ގައި ފުރުމަށް ހަމަޖެހިފައިވާކަމަށެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖާބިރަށް ދޭން އުޅުނު ބޮޑުމޮހޮރާ އޭނާއަށް ނުދީ ހިފަހައްޓާފައި އޮންނަތާ ހަތް އަހަރު ފަހުން އެކަމާ ގުޅޭ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި ޖާބިރުގެ ހިއްސާ އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ ދެމެދު ސޮއިކޮށްފައިވަނީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ. 

ވ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޖާބިރު ވިދާޅުވީ، "ޖާބިރު ހެޕީ ކުލަބު" ގެ ނަމުގައި އެހިތްގައިމު ރަށުގައި އަޅާ ބިލިއަން ޑޮލަރުގެ ރިސޯޓުން ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބެއް ގެންނާނެ ކަމަށެވެ.

އެ ރަށުގައި ރިސޯޓު އެޅުމުގެ މަޝްރޫއު ކުރިއަށް ދާނީ ބޮޑުމޮހޮރާ ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޑެޓްގެ ދަށުންނެވެ. އެ ކުންފުނީގައި ސަރުކާރުގެ 10 އިންސައްތަ ހިއްސާ އާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްގެ 90 އިންސައްތަ ހިއްސާ އޮންނާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީއާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން 50 އަހަރަށް ބޮޑުމޮހޮރާ ދިނީ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ހަދައި، ނިންމާ ގޮތަށެވެ. ޖާބިރު ވިދާޅުވީ އެތަނުގެ މަސައްކަތް ކުރާނީ ތިން ފިޔަވައްސަކަށް ކަމަށާއި، ފުރަތަމަ ފިޔަވަހި ކުރިއަށް އޮތް ހަ މަސް ތެރޭގައި ނިމޭނެ ކަމަށެވެ. 

25%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް