ads
އެތްލީޓުންނާއެކު މިނިސްޓަރު މަހްލޫފު
އަރުތަ ޕްރޮގްރާމަށް މިފަހަރު ބެޑްމިިންޓަން ކުޅުންތެރިން
އަރުތަ ޕްރޮގްރާމުގައި ބެޑްމިންޓަން ތިން ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީ އާއި، ނިބާލް އަހްމަދުގެ އިތުރުން މުހައްމަދު އަޖުފާން ހިމެނިއްޖެއެވެ.

އަރުތަ ޕްރޮގްރާމަކީ ކުޅިވަރުތަކުގެ ޒުވާން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. 

ސަރުކާރުން ޒުވާން ކުޅުންތެރިން ބިނާ ކުރުމަށް ހިންގަމުން އަންނަ އަރުތަ ޕްރޮގްރާމުގައި ބެޑްމިންޓަން ތިން ކުޅުންތެރިން ކަމަށްވާ ޒަޔާން، ނިބާލް އަދި އަޖުފާންވެސް ހިމެނުނު އިރު މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުއްމީދީ އެތައް އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.

އަރުތަ ޕްރޮގްރާމްގައި ހިމެނުނު މި ތިން ކުޅުންތެރިންގެ ތެރެއިން ނިބާލް އަންނަނީ މިހާރުވެސް ރާއްޖެއިން ބޭރުގައި ތަމްރީންތައް ކުރިއަށް ގެންދަމުންނެވެ. އެއީ އޮލިމްޕިކް ސްކޮލާޝިޕްގެ ދަށުންނެވެ. އަޖުފާން އަދި ޒަޔާން ޒަކީ އަންނަނީ މިއަހަރު ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް