ads
ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި--
ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ފަރުވާދެނީ
އައްޑޫ ސިޓީ ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަފައި ވަނީ ކާރެއް ކޮންޓްރޯލް ނުވެ، ދުއްވާފައިދިޔަ ބައިސްކަލެއްގައި ޖެހިގެންނެވެ.

އެގޮތުން ގެއެއްގެ ފާރަށް ކާރު އަރައި، ކާރުގެ ކުރީކޮޅާއި ފާރުގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ.

އެކްސިޑެންޓް ހިނގިއިރު ކާރުގައި އިން ފިރިހެން މީހާއަށާއި ބައިސްކަލު ދުއްވަން އިން އަންހެން މީހާއަށް ވެސް އެކި ވަރުގެ އަނިޔާތައްވެ އެމީހުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް މިހާތަނަށް ހޮސްޕިޓަލުގެ ބަހެއް ލިބިފައި ނުވާތީ އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ. 

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ސީއެންއެމްއަށް ބުނީ، މި ހާދިސާގެ ރިޕޯޓް ލިބުނީ، ހެނދުނު 10:45 ގައި ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

17%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް