ads
އައްޑޫ ސިޓީއަށް ހެރިޓޭޖް މިނިސްޓަރު ކުރެއްވި ދަތުރުގެ ތެރެއިން--
މިދިޔަ އަހަރު ނިމުނުއިރު ހެރިޓޭޖް ޓްރަސްޓް ފަންޑުގައި 1.9 މިލިއަން ރުފިޔާ!
ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށް ލިބޭ ފައިސާ ޖަމާކުރުމަށް ގާއިމުކޮށްފައިވާ "ހެރިޓޭޖް ޓްރަސްޓް ފަންޑް"ގައި މިދިޔަ އަހަރު ނިމުނުއިރު 1.9 މިލިއަން ހުރި ކަމަށް ހެެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.

މިއީ ޖަމިއްޔާތަކުން ވިޔަފާރިތަކުން އަދި އެނޫން ވެސް އެކި އެކި ގޮތްގޮތުން ރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކޮށްދިނުމަށް މި ފަންޑަށް ޖަމާކޮށްދޭ ފައިސާ އެވެ. 

މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރު ފެށުނުއިރު މި ފަންޑުގައި ހުރީ، 1،039،225 (އެއް މިލިއަން ތިރީސް ނުވަ ހާސް ދުއިސައްތަ ފަންސަވީސް) ރުފިޔާ އެވެ. އެގޮތުން މި ފަންޑަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ 948،517 (ނުވަ ލައްކަ ސާޅީސް އަށްހާސް ފައްސަތޭކަ ސަތާރަ) ރުފިޔާ ލިބިފަ އެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު މި ފަންޑުގައި 1.9 މިލިއަން ރުފިޔާ އެބަހުއްޓެވެ. 

މިނިސްޓްރީން ބުނާ ގޮތުގައި ހެރިޓޭޖް މިނިސްޓްރީގެ އެކި ކަންކަމަށް ފަންޑު ހަމަނުޖެހޭ ހާލަތްތަކުގައި ބޭނުންކުރާނީ މި ފަންޑުންނެވެ. އެގޮތުން ކުއްލިއަކަށް މިސްކިތެއް މަރާމާތުކުރުން ފަދަ ކަމެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް ހަރަދުކުރާނީ މި ފަންޑުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް