ads
ޖަންގްޝަނުން ނަޖިސް ބޭރުވެފައި---
ކުޑަހުވަދޫ ދަނާލުގެ ޖަންކްޝަނުން ނަޖިސް ބޭރުވާތާ ހަފްތާއެއް، އަދިވެސް ހައްލެއް ނުލިބޭ!
ދ. ކުޑަހުވަދޫގައި ހުންނަ ދަނާލުގެ ޖަންކްޝަނުން ނަޖިސް ލީކުވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، އެކަމަށް ހައްލެއް ނުލިބޭ ކަމުގެ ޝަކުވާ ކުރަން ފަށައިފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ދަނާލްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ނަޖިސް ލީކު ވަމުންދާ ޖަންކްޝަން ހުންނަނީ ދަނާލް މީހުން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ވަޅު ކައިރީގައި ކަމުން އޭގެ އަސަރު ފެނަށް ވެސް ކޮށްފައިވާ ކަމަށެވެ. 

އޭގެ ސަބަބުން ދަނާލް ގިނަ ކުދިން އަދި މީހުންގެ ގައިން ބިހި ނަގާ ކަހާ ކަމަށާއި މުޅި ސަރަހައްދުގައި ޖަންކްޝަނުގެ ވަސް ފެތުރިފައިވާ ކަމަށް އެމީހާ ބުންޏެވެ.

"ދަނާލްގެ ދެވަނަ ފްލޯގައި އުޅޭނީ ބިދޭސީ ޓީޗަރުން، ބޮޑަށް ހީވަނީ އެމީހުން ފާހަނަ ތެރެއަށް އަޅާ ބަތާ ފާޑު ފާޑު އެއްޗެހި އަޅާތީ ޖަންކްޝަން ބެދިފައިވާހެން،" އެމީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ މައްސަލަ ހައްލުކުރުމަށް ސުކޫލާ ވެސް މަޝްވަރާ ކުރި އެވެ. 

"ސުކޫލުން ބުނަނީ އެކަން ހައްލުން ކުރުމަކީ އެތަނެއްގައި އުޅޭ މީހުންގެ ޒިންމާ ކަމަށް،" އެމީހާ ބުންޏެވެ.

އެމީހާ އިތުރަށް ބުނީ އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޑިއުކޭޝަން މިނިސްޓްރީން އަދި އަޅާފައި ނުވާ ކަމަށް އެމީހާ ބުނެ އެވެ. 

އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ކުޑަހުވަދޫގައި ހުންނަ ދަނާލަކީ އެރަށުގެ ސުކޫލުގެ ދަރިވަރުންގެ އިތުރުން އެކުދިންގެ ބެލެނިވެރިން ވެސް ދިރިއުޅެމުން އަންނަ ތަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް