ads
ފޮޓޯ
ޝްރައްދާގެ އުފަން ދުވަހު ޓައިގާގެ ފަރާތުން ހާއްސަ ސަޕްރައިޒެއް!
ބޮލީވުޑުގެ ކުޅަދާނަ ބަތަލާ ޝްރައްދާ ކަޕޫރުގެ އުފަން ދުވަހު، އެކްޓަރު ޓައިގާ ޝްރޮފް އޭނާއަށް ހާއްސަ ސަޕްރައިޒެއް ދީފިއެވެ.

އިއްޔެ ޝްރައްދާއަށް 33 އަހަރު ފުރިފައިވާއިރު ޓައިގާ ވަނީ އޭނާ އަށް ހާއްސަ ސަޕްރައިޒެއް ދިނުމަށްޓަކައި ނެށުމެއް ހުށައަޅާފައެވެ.

އެގޮތުން އުފަން ދުވަހުގެ ތަހުނިޔާ ކިޔުމަށް ޝްރައްދާގެ ސަޕޯޓަރުން އޭނާ އަށް ހާއްސަކޮށް ނެށުން ތަކެއް ހުށައަޅާފައިވާއިރު އެތަނަށް ކުއްލިއަކަށް ޓައިގާ އައިސް ނަށަމުންދާ މީހުންނާ އެކު އޭނާ ވަނީ ބައިވެރިވެފައެވެ.

އެތަނަށް ޓައިގާ އައުމުން ޝްރައްދާ ހައިރާންވެފައި ހުރި މަންޒަރު ފެނިގެންދިޔައިރު އެނާ ވަނީ އޭނާގެ ސަޕޯޓަރުން އަދި ޓައިގާ އަށް އެ ހާއްސަ ސަޕްރައިޒަށް ޝުކުރު އަދާކޮށްފައެވެ. 

"އޭކް ވިލަން" އާއި "ބާގީ" އަދި "އާޝިގީ 2" ގެ އިތުރުން "އޭބީސީޑީ 2" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިފައިވާ ޝްރައްދާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މަޝްހޫރު ކޮރެއޮގްރާފަރު ރޭމޯ ޑި ސޫޒާގެ ފިލްމު "ސްޓްރީޓް ޑާންސާ" އިންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް