ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްއަށް އެމްޑީއެއް ހަމަޖެއްސުން ކުރިއަށް އެބަދޭ: ސަރުކާރު
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގައި ރައީސް އޮފީހުން ބުނެފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގައި ރައީސް އޮފީހުން ބުނެފި އެވެ.

ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުންޏަށް މިވެރިކަމުގައި އަދި މެނޭޖިން ޑިރެކްޓަރަކު ހަމަޖައްސާފައެއް ނުވެ އެވެ. އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން މިވަގުތު އެމްއޭސީއެލް ހިންގަވަމުން ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ބޮޑުބޭބެ، މޫސާ ސޯލިހް އެވެ.

އެމްއޭސީއެލްގައި ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވާ މޫސާ ސޯލިހަކީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރެވެ.

އެމްއޭސީއެލް އަށް އެމްޑީއަކު ހަމަޖެއްސުން ލަސްވާ މައްސަލައިގައި ސީއެންއެމް އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ އެމްއޭސީއެލް އަށް އެމްޑީއަކު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެމްއޭސީއެލް އަށް އެމްޑީއަކު ހަމަޖެއްސުން ލަސްވަނީ އެކުންފުނީގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް ހިނގަމުންދާތީ ކަމަށްވެސް ހޫދު ވިދާޅުވި އެވެ. މިދިޔަ ހަފްތާގައިވެސް އެކަމާ ގުޅޭ މަސައްކަތްތަކެއް ރައީސް އޮފީހުގައި ކުރިއަށް ދިޔަ ކަމަށްވެސް ހޫދު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

"އެމްއޭސީއެލް ހިންގުމަށް ގެންނަން މަސައްކަތް ކުރާ ބަދަލުތައް ނިމުމާ އެކު ސަރުކާރުން އެކުންފުންޏަށް ބޭފުޅަކު ހަމަޖައްސަވާނެ. އެމަސައްކަތް ހިނގަމުން އެބަދޭ،" ހޫދު ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވި އާދިލް މޫސާ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން އޭނާގެ އިސްތިއުފާ ޕްރައިވެޓައިޒޭޝަން ބޯޑުން ގަބޫލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

އެމްއޭސީއެލްގެ އޮނިގަނޑަށް ބަދަލު ގެންނާނެ ކަމުގައި ރައީސް ސޯލިހް ވެސް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެމްއޭސީއެލް އަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ބިޔަ މަޝްރޫއު ހިނގަމުންދާއިރު ވީއައިއޭ ހިންގާ ކުންފުނި، އެމްއޭސީއެލް އަށް މެނޭޖިން ޑިރެކްޓަރަކު ހަަމަޖެއްސުން ލަސްވާތީ ބައެއް ފަރާތްތަކުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް