ads
ފޮޓޯ
ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް މިހާރު އޮންލައިންކޮށް
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އިން ކަސްޓަމަރުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބިގެންދާނެ ގޮތް ހަމަޖައްސައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ އެ ކޯޕަރޭޝަންގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ކޯޕަރޭޝަނުން ލިބިގެންދާ ހިދުމަތްތައް އެ ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv މެދުވެރިކޮށް ލިބިގެންދާނެ ގޮތް ހަމަޖައްސާފައެވެ. އެ ކޯޕަރޭޝަންގެ މާކެޓިންގް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ މުހައްމަދު މައިލާން ވިދާޅުވީ، މިގޮތަށް ހަމަޖެއްސީ ކަސްތަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންކަމަށެވެ.

"އަޅުގަނޑުމެންނަށް އަންނަ ވަރަށް ބޮޑު ޝަކުވާއެއް އެއީ ރެޖިސްޓްރީވެ ފައިސާ ދައްކަން ކޮންމެ ފަހަރަކު މާލެ އަންނަންޖެހޭ މައްސަލަ، ހާއްސަކޮށް އަތޮޅުތަކުގައި އުޅުއްވާ ބޭފުޅުންގެ މިކަމުގެ ދަތިކަމާއި އުނދަގޫ ހިއްސާކުރައްވާ، އެހެންކަމުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިހާރު މި ޙިދުމަތްތައް އޮންލައިންކޮށް ހޯދޭގޮތައް މިވަނީ ހަދާފައި. ވީމާ މިހާރު ރެޖިސްޓްރީވާން އަދި ފައިސާ ދައްކާކަށްވެސް މާލެ އަންނާކަށް ނުޖެހޭނެ" މައިލާން ވިދާޅުވި އެވެ، 

ހައްޖު ކޯޕަރޭޝަނުން އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭން ފެށުމާއި އެކު ގޭގައި ތިބެގެން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެވޭނެއެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ފޯމްތައް ޑައުންލޯޑް ކުރުމަށް ފަހު، ފޯމްތައް ފުރައި، ފޯމާ އެކު ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ސްކޭން ކުރުމަށްފަހު އެ ކޯޕަރޭޝަންގެ މެއިލް [email protected] މެދުވެރިކޮށް އޮންލައިންކޮށް އެޕްލައި ކުރެވޭނެއެވެ. 

your imageވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ރަޖިސްޓްރީ ވެވޭނެ

އޮންލައިންކޮށް އެޕްލައި ކުރުމަށް ފަހު ކޯޕަރޭޝަނަށް ގުޅާ މެއިލް ލިބުނުތޯ ޔަގީން ކުރުމަށް ހައްޖު ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ. އަދި މައުލޫމާތުގެ ސައްހަކަށް ޔަގީންކުރުމަށް ފަހު ހިދުމަތަށް ކަނޑައަޅާފައިވާ ރަސްމީ ދުވަސްތަކުގެ ތެރޭގައި ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެކޯޕަރޭޝަނުން މައުލޫމާތުދެއެވެ. 

ހައްޖު ކޯޕަރޭޝަންގެ ފަހެލި ޕޯޓަލްގައި ރަޖިސްޓްރީ ކުރެއްވުމުން ހައްޖު، އުމްރާ އަދި އަގީގާ ހިދުމަތްތަކަށް ވަކިން ރަޖިސްޓްރީވެ އޮންލައިން ބޭންކް އޮފް މޮލްޑިވްސް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދައްކާ ކޮންމެ ވަގުތަކުވެސް ފައިސާ ދެއްކިފައިވާ މިންވަރު ބަލައިލާ ރަސީދު ޕްރިންޓް ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. 

your imageހައްޖު ކޯޕަރޭޝަނަށް މިހާރު އޮންލައިންކޮށް ފައިސާ ދެއްކޭނެ 

މީގެ އިތުރުން، ވެބްސައިޓް މެދުވެރިކޮށް އެ ކޯޕަރޭޝަނާއި އެކު ހައްޖަށް ދިއުމަށް، ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކަށް، އެބޭފުޅުންނަށް ހައްޖަށް ދެވޭނެ އަހަރާއި ޖާގަ ލިބިފައިވާ ނަންބަރު ފެނިގެންދާނެ ކަމަށް އެކޯޕަރޭޝަނުން މައުލޫމާތުދެއެވެ. 

އެ ކޯޕަރޭޝަނުން އެދެނީ، އޮންލައިން ހިދުމަތުގެ ލުއިފަސޭހަކަން ހުރިހާ ކަސްޓަމަރުންވެސް ހޯދުންކަމަށާއި އަދިވެސް ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވާނެ ގިނަ ކަންތައްތަކެއް ތައާރަފްކުރުމަށް އެ ކޯޕަރޭޝަނުން މިހާރުވެސް ތައްޔާރުވަމުން އަންނަ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ކޯޕަރޭޝަންގެ ހިދުމަތް ލުއިފަސޭހަ ކަމާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ގޮތް މަގުފަހު ކުރުން ކަމުގައި އެ ކޯޕަރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް