ads
ފޮޓޯ: ވަން އޮންލައިން
ޖޭޕީގެ ޖަލްސާގައި ބައިވެރިވުމަށް އެމްއާރްއެމް އާއި އޭޕީއަށް ދައުވަތު ދީފި
ޖުމްހޫރީ ޕާޓީން "ދީނާއި ގައުމުގެ ދިފާއުގައި" މިނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ޖަލްސާގައި ބައިވެރިވުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަދި އަދާލަތު ޕާޓީ (އޭޕީ)އަށް ދައުވަތު އަރުވައިފި އެވެ.

ކުނޫޒުގައި ޖޭޕީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ، ހަމަމިންވަރާއި ދޭންޖެހޭ މިންވަރު ރަނުންރަނަށް ދޭނެ ހަމައެކަނި ޕާޓީ އަކީ ޖުމްހޫރީ ޕާޓީކަމަށެވެ. އެހެން ކަމުން ޖޭޕީގެ ބައްދަލުވުމުގައި ބައިވެރި ވުމުގެ ހާއްސަ ދައުވަތު އެމްއާރްއެމް އަށާއި އޭޕީ އަށް ދޭކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ، ޖޭޕީގެ މިޖަލްސާގައި ދީނަށް ލޯބި ކުރައްވާ ބޭފުޅުން ބައިވެރިވުމަކީ ވަރަށްބޮޑު އެދުމެއްކަމަށެވެ. އަދި ޖޭޕީ އޮންނާނީ ދީނާއި ގައުމުގެ ދިފާއުގައި ކަމަށް ވިދާޅުވި އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ސެކްރަޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، ދިވެހި ރައްޔިތުން އެހެން ސިޔާސީ ޕާޓީތަކަށް ފުރުސަތު ދެއްވާފައިވާކަމަށާއި، އެ ފުރުސަތު ލިބެނީ ޤާސިމް އެތައް ހޭދައެއް ކުރައްވައިގެން ކަމަށެވެ. އަދި މިއީ ގާސިމް ޓެސްޓް ކުރުމަށް ލިބޭ ފުރުސަތެއްކަމަށް ވިދާޅުވި އެވެ. އަލީ އާރިފް ވިދާޅުވީ ޖާނާއި މާލުން ގުރުބާންވާ ހަމައެކަނި ފަރާތަކީ ގާސިމް ކަމަށެވެ. 

12%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް