ads
ތިން ވަނަ ހައިޑްރޯގްރެފިކް ސާވޭ ނިންމުމުގެ ރަސްމިއްޔާތު: ފޮޓޯ އެމްއެންޑީއެފް
ތިން ވަނަ ހައިޑްރޯގްރެފިކް ސާވޭ ނިންމާލައިފި
އިންޑިއަން ނޭވީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ ތިންވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާވޭ ނިންމާލައިފިއެވެ.

ތިން ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާވޭ ކުރިއަށް ގެންގޮސްފައިވަނީ 19 ޖެނުއަރީ އިން 26 ފެބްރުއަރީ 2023 އަށް އެށޭވެ.

ފުރަތަމަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާވޭ 2022 ވަނަ އަހަރުގެ ފެބްރުއަރީ އާއި މާޗް މަހު ދެވަނަ ޖޮއިންޓް ސާވޭ ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް އަދި މެއި މަހު އެވެ.

ތިން ވަނަ ހައިޑްރޯގްރެފިކް ސާވޭގައި އިހަވަންދިއްޕޮޅާއި ތިލަދުންމައްޗާއި އަތޮޅާއި ގައްލަންދު ކަނޑު ހިމެނޭ ގޮތަށް އުތުރު ރާއްޖެ ސާވޭ ކޮށްފައިވެއެވެ.  

މި ސާވޭގައި މި އަތޮޅުތަކުގެ 6308 ކިލޯމީޓަރުގެ ސައުންޑިން ކަވަރުކޮށްފައިވެއެވެ. މި ސައުންޑިންގ ލައިންތަކުން 2630 އަކަ ކިލޯމީޓަރުގެ ސަރވޭއެއް ކޮށްފައިވާއިރު، މުޅި އިހަވަންދިއްޕޮޅު އަތޮޅާއި ތިލަދަންމަތީގެ ބައެއްގެ ސަރވޭ ކުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ސަރވޭތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އެއްގަމާއި ބޯޓާއި ހެލިކޮޕްޓަރާއި އުޅަނދުފަހަރުގައި ގަދަވަޔާއި ވިއްސާރައިގައިކަމަށާއި ހެލިކޮޕްޓަރާއި ބޯޓު ދަތުރުތަކާއި 88 ކިލޯމީޓަރުގެ ފައިމަގުގައި ސާވޭ ކުރުމުގެ އިތުރުން ގިނަ ސަރަހައްދުތަކެއްގައި ސާވޭކުރުމަށް މަލްޓި ބީމް އެކޯ ސައުންޑާ ބޭނުންކޮށްފައިވާއިރު އިހަވަންދިއްޕޮޅުން އަލަށް 52 ޝޮލް ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ސާވޭއަކީ ސިފައިންގެ ތެރޭގައި ހައިޑްރޯގްރެފިކް ފެސިލިޓީތައް ގާއިމުކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއްބާރުލުން ދިނުމުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ސާވޭއެއްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް