ads
އިޒްރޭލުގެ އީއައި އޭއައި އެއާލައިންގެ ފްލައިޓުތަކެއް
އިޒްރޭލުގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ
އިޒްރޭލުގެ އެއާލައިން "އީއައި އޭއައި" އިން ދިވެހިރާއްޖެއަށް ޑައިރެކްޓު ފުލައިޓުތައް ފެށުމަށް ބައެއް ތައްޔާރީތައްވަމުން އަންނަކަމަށް އެ އެއާލައިނުން ބުނެފިއެވެ.

އެ އެއާލައިނުން ބުނެފައިވަނީ ރާއްޖޭގެ އިތުރުން، އިންޑިއާ، އޮސްޓްރޭލިއާ، ސިންގަޕޫރު އަދި ފިލިޕީންސް އަށް ވެސް ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. 

އެ އެއާލައިނުން މިހެން ބުނިއިރު ރާއްޖެއާއި އިޒްރޭލާއި ދެމެދު އުދުހޭ އެއްވެސް ޑައިރެކްޓު ފުލައިޓެއް އަދިނެތެވެ. ނަމަވެސް އިޒްރޭލުގެ ފަތުރުވެރިން ޓްރާންސިޓު ފުލައިޓުތަކުގައި ރާއްޖެއަށް އާދެއެވެ.

އެއާލައިންގެ އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު ފައިދާ 75 ޕަސަންޓަށް އިތުރުކުރުން ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. 

މި އެއާލައިނަކީ އިޒްރޭލުގެ އެންމެ މަގުބޫލު އެއް އެއާލައިންއެވެ. އަދި މިހާރުވެސް 50 މަންޒިލަކަށް އިޒްރޭލުގެ އެއާލައިނުން ދަތުރުކުރެއެވެ. އީއައި އޭއައި ފެށީ 1948 ވަނަ އަހަރުއެވެ.  

23%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
77%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް