
އާސިރު ގެއްލިގެން ހޯދަމުންދާތާ 13 ދުވަސް ފަހުން އޭނާ ފެނުނީ ފެބްރުއަރީ 17 ވަނަ ދުވަހުގެ ރޭ އެއާޕޯޓް އިންޓަނޭޝަނަލް ޓާމިނަލްގެ ގޮނޑިއެއްގައި އިއްދައެވެ.
ފުލުހުން އޭގެކުރިން ހާމަކުރި މައުލޫމާތުން އެނގޭގޮތުގައިވެސް އޭނާ އެންމެ ފަހުން ފެނުނީ ޓާމިނަލަށް ވަންނަނިކޮށެވެ. ނަމަވެސް ފުލުހުންނަށް އާސިރު އެއާޕޯޓުންވެސް އޭގެކުރިން ނުފެނެއެވެ.
އާސިރަށް ވީގޮތް މިހާތަނަށްވެސް ސާފުވެފައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ، 241 ކޮމެޓީގައި، މިއަދު ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އާސިރަށް ވީގޮތް މިހާތަނަށްވެސް އޭނާ ކިޔާނުދޭ ކަމަށެވެ.
241 ކޮމެޓީއަށް ފުލުހުން މިއަދު މައުލޫމާތު ދެއްވަނީ
ޝުޖާއު ވިދާޅުވީ އެވާހަކަތައް އާސިރު ކިޔައި ނުދެނީ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށާއި އެހެންކަމުން އޭނާ އެކަމަށް ހާއްސަ ޑޮކްޓަރަކަށްވެސް ދައްކާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އާސިރު ވާހަކަ ނުދައްކާކަމަށް ޝުޖާއު ވިދާޅުވިއެވެ.
ނަމަވެސް އަދިވެސް އޭނާއަށް ވީގޮތް ހޯދުމުގެ މަސައްކަތް ހުއްޓާނުލާކަމަށާއި އެ މަސައްކަތް ކުރަމުން ގެންދާކަމަށް ޝުޖާއު ވިދާޅުވިއެވެ.