ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
ކޮރަޕްޝަން ކޮމިޝަނުގެ ފައިނަލް ރިޕޯޓު މި މަސް ތެރޭގައި ނިމޭނެ: ރައީސް ސޯލިހު
ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުގެ ފައިނަލް ރިޕޯޓް މި މަސް ތެރޭގައި ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނު ބައްދަލުވުމެއްގައި އެމަނިކުފާނު މިރޭ ވިދާޅުވީ ފުރަތަމަ ޑްރާފްޓް ލިބިފައިވާ ކަމަށާއި، ފައިނަލް ރިޕޯޓު ލިބުމުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. 

"މި މަސް ތެރޭގައި އަޅުގަނޑުމެން މި ބަލަނީ އޭގެ ފައިނަލް ޑްރާފްޓް ކޮމިޝަނުން ތައްޔާރު ކުރުމާ އެކީގައި އެއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ތިބޭފުޅުންނަށް ހާމަކުރަން ޖެހޭ ކަންތައްތައް އަޅުގަނޑުމެން ހާމަ ކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. 

ކޮރަޕްޝަން ކޮމިޝަނުގެ މަސްއޫލިއްޔަތަކީ 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް