ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
ކޮވިޑް 19 އާ ގުޅިގެން ހަރަދު ކުޑަ ކުރިޔަސް މަޝްރޫއުތައް ކުރިއަށް ދާނެ: ރައީސް ސޯލިހު
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަ ކުރި ނަމަވެސް، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނު ބައްދަލުވުމެއްގައި އެމަނިކުފާނު މިރޭ ވިދާޅުވީ ކޮވިޑް-19 ރާއްޖެއިން ފެނުމުގެ ބިރު ބޮޑު ކަމަށާއި، އެކަމަށް ތައްޔާރުވުމުގެ ގޮތުން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ. 

"އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ ރަށްރަށުގެ ތަރައްގީއަށްޓަކައި މި އަހަރަށް ޕްލޭން ކުރެވިފައި ހުރި އެއްވެސް މަސައްކަތެއް ފަސް ޖައްސައިި ނުލައި އެކަން ކުރިއަށް ގެންދިއުން،" ރައީސް ސޯލިހު ވިދާޅުވި އެވެ. 

ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތު ހަނދާން ކުރަން ޖެހޭ ކަމަށާއި، ކައުންސިލްތަކަށް މިހާރު ލިބިފައި ވަނީ ދުވަހަކު ވެސް ނުލިބޭ ވަރުގެ ބޮޑު ބާރެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އަދި ރަށްރަށުގައި ގިނަ މަޝްރޫއުތައް ކުރިއަށްދާއިރު، އެ ކަންތައްތައް ފެންނާނީ އެކަން ގަބޫލު ކުރާ ބަޔަކަށް ކަމަށާއި، އެއީ އެމްޑީޕީ ކަމަށް ރައީސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް