ads
ފޮޓޯ: ސަން އޮންލައިން
އައްސޭރިޖަލުގައި ހަމަނުޖެހުމެއް ހިނގާ ތިން އޮފިސަރަކަށް އަނިޔާވެއްޖެ
ހިތްމަފުށި އައްސޭރި ޖަލުގައި ހަމަނުޖެހުމެއް ހިނގާ ތިން އޮފިސަރަކަށް އަނިޔާވެފައިވާކަމަށް ކަރެކްޝަނަލް ސާވިސުން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ޤައިދީއަކު ޖަލުގައި ގެންގުޅުން މަނާ އެއްޗެއް ގެންގުޅޭކަން ފާހަގަ ކުރެވިގެން ޖަލު އޮފިސަރުން އޭތި ނަގަން މަސައްކަތް ކުރި ކަމަށެވެ. އަދި އޭތި ނަގަން މަސައްކަތް ކުރުމުން ބައެއް އެހެން ގައިދީން ބައިވެރިވެގެން އައްސޭރި ޖަލުގައި ރޭ ހަމަނުޖެހުމެއް ހިންގާފައި ވާކަމަށް ކަރެކްޝަނަލް ސާވިސުން މައުލޫމާތު ދީފައިވެއެވެ. 

އަދި ލަސްތަކެއްނުވެ މިހާދިސާ ކޮންޓްރޯލްކޮށް އާންމުހާލަތަކަށް ގެނެސްފައިވާ ކަމަށާއި މި ހާދިސާގައި ޤައިދީއަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. 

އެހެން ނަމަވެސް މިހާދިސާގައި 3 އޮފިސަރަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ. 

ކަރެކްޝަނަލް ސާވިސުން ބުނެފައިވަނީ މިކަމާއި ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް