އެތައް ބަޔަކާ ރައްޓެހިވި ސަލްމާން ހާން ކައިވެނިކުރަން ނިންމި މަދު މީހުންގެ ތެރެއިން އެކަކެވެ. އަދި އެ ދެމީހުން ކައިވެނިކުރާނެކަމަށް 1990 ގެ އަހަރު ތަކުގެ ތެރެގައި ދެމީހުންގެ ފޭނުން ދިޔައީ އުންމީދު ކުރަމުންނެވެ. ނަމަވެސް ކުއްލި ގޮތަކަށް 1995 ވަނަ އަހަރުގެ ޖޭ މެހެތާއާއި ކައިވެނިކުރިއެވެ. މި ހަބަރާއެކު އެތައްބަޔަކު ޝޮކުޖެހުނެވެ. ނަމަވެސް ސަލްމާންއާއި ޖޫހީ ކައިވެނި ނުކުރީ ކީއްވެކަމެއް އަދިއަދަށް ދާންވެސް ގިނަބަޔަކަށް ނޭންގެއެވެ.
ނަމަވެސް ސަލްމާން ވަނީ އެމީހުންނަށް ކައިވެނި ނުކުރެވުނު ސަބަބު ކިޔައިދީފައެވެ.
ޖޫހީ ވަނީ އޭނާގެ ކައިވެންޏަށްފަހު ފިލްމުކުޅުން ހުއްޓާލާފައެވެ. އޭނާގެ ދެ ދަރިން އެބަތިއްބެވެ.
މިހާރު ސަލްމާން ހާން އަންނަނީ މުހިންމު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ "ކިސީ ކާ ބައި ކިސީ ކާ ޖާން" ވަރަށް އަވަހަށް ނެރޭނެއެވެ.
"ޓައިގާ 3" އަދި ދާދި ފަހުން ސަލްމާން ހާންގެ އާ ފިލްމެއް "ސޫރަޖް ބަރްޖަތުޔާއާ" ވެސް އިއުލާން ކުރި އެވެ. ސަލްމާން ހާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝާހްރުކް ހާންއާ އެކު ޕަތާން އިން ސްޕެޝަލް އެޕިއަރެންސްއެއްގެ ތެރެއިންނެވެ.