ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު: ފޮޓޯ މަޖިލިސް
ރިސޯޓުގެ އިސް މަގާމުތައް ދިވެހިންނަށް ހާއްސަ ކުރަން ގަރާރެއް
Share
ރިސޯޓު ވަޒީފާތަކުގެ އެންމެ އިސް މަގާމުތައް ދިވެހިންނަށް ހާއްސަ ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
Advertisement

އެގޮތުން ރިސޯޓް ޖެނެރަލް މެނޭޖަރުންގެ ފެންވަރުގެ މަގާމްތަކާއި އެޗްއާރު މެނޭޖަރުކަމާއި އަދި އެކައުންޓް މެނޭޖަރުކަންފަދަ އިސް މަގާމުތައް ގިނަ ރިސޯޓްތަކުގައި ބިދޭސީންނަށް ދީފައިވާތީ ޖާބިރުގެ ގަރާރުގައި ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

އެގޮތުން %80 ރިސޯޓްތަކުގައި ޖެނެރަލް މެނޭޖަރުންނަކީ ބިދޭސީން ކަމަށާއި %95 ރިސޯޓްތަކުގައި އެކައުންޓް މެނޭޖަރުންނަކީ ބިދޭސީން ކަމަށާއި އަދި %70 ރިސޯޓްތަކުގެ އެޗްއާރު މެނޭޖަރުންނަކީ ބިދޭސީންކަން ޖާބިރު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ އިސްމަގާމްތަކުގައި ބިދޭސީން ތިބޭ ތިބުން ބަދަލުކުރަން ޖެހިފައިވާކަމަށާއި ފުރިހަމަ ތައުލީމާ ތަމްރީން ދިވެހިންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާ، އެދަފަ މަގާމްތައް ދިވެހިންނަށް ލިބޭނެ ގޮތް ހެދުން މުހިއްމުކަމަށްވެސް ޖާބިރުގެ ގަރާރުގައި ވިދާޅުވެފައި ވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނު ވީއިރުވެސް މަތީ މަގަމުތަކުގައި ބިދޭސީން ތިބޭ ތިބުމަށް ހައްލެއް ނުލިބޭކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރަށް ތަކުގެ އިތުރުން ފަޅުތައް ހިއްކައިގެން ވެސް މިއަދު ރިސޯޓްތައް ރާއްޖޭގައި ތަރައްގީކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި 200 އަށް ވުރެ ގިނަ ރިސޯޓް އޮތް އޮތްއިރު މިއީ ދިވެހިންގެ ގާބިލްކަން ދައްކުވާދޭކަމެއްކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް