ގައުމީ ޓީމުގެ ކުޅުންތެރިން ލ. އަތޮޅުގައި
ގައުމީ ޓީމު ލ. އަތޮޅުގައި މިއަދު ޕްރެކްޓިސް ފަށަނީ
Share
ޕާކިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ތައްޔާރުވާން، ގައުމީ ފުޓްބޯޅަ ޓީމު މިއަދު ލ. އަތޮޅަށް ގޮސް ހަވީރު ޕްރެކްޓިސް ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

މާދަމާ ނޫން އަނެއް ދުވަހު އޮންނަ މެޗަށް ދިވެހި ގައުމީ ޓީމު ޕްރެކްޓިސް ފަށާނީ މިއަދު ހަވީރުއެވެ. މާނައަކީ ދިވެހި ޓީމު މި މެޗު ކުޅޭނީ އެންމެ ދެ ޕްރެކްޓިހަށް ފަހުއެވެ. 

ހަގީގަތުގައި އާއްމުކޮށް މެޗުގެ އެއް ދުވަސް ކުރިން އޮންނަ ޕްރެކްޓިހަކީ މެޗު ވޯމްއަޕެކެވެ. އެހެންކަމުން އެއް ގޮތަކުން ބަލާއިރު މި މެޗު ކުޅެނީ އެންމެ ޕްރެކްޓިހަކާއެކުއެވެ.

ޕާކިސްތާނާ ދެކޮޅަށް ދިވެހި ޓީމުން ކުޅޭ މެޗަށް ދިވެހި ޓީމު މިއަދު ލ. އަތޮޅަށް ގޮސްފައިވާއިރު، ވޭތިވެ ދިޔަ ހަތް މަހެއްހާ ދުވަހު ރާއްޖޭގައި ރަސްމީ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް ނެތެވެ. އެކަމަކު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދިވެހި ޓީމުވަނީ މެލޭޝިއާގައި އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. 

ރާއްޖޭގައި ރަސްމީ ލެވަލްގެ މެޗެއް ނުކުޅޭތާ ހަތް މަހެއްހާ ދުވަސް ފަހުން، ކުޅޭ މި މެޗަކީ ދިހަ އަހަރު ތެރޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާނުން ކުޅޭ ފުރަތަމަ މެޗެވެ. މި މެޗަށް ތިން ދުވަހަށްވެފައިވަނިކޮށް ދިވެހި ޓީމު އިއުލާން ކުރިއިރު، ޕާކސްތާނުން އަންނަނީ ދުރާލައި މި މެޗައް ތައްޔާރުވަމުންނެވެ. 

ޕާކިސްތާން މެޗަށް ނެގި ރާއްޖޭގެ 23 ކުޅުންތެރިންގެ ސްކޮޑު

ކީޕަރުން:

ހުސެއިން ޝަރީފް، ހަސަން އަލީފް އިބްރާހިމް، ޔޫސުފް މީސަމް އަބްދުﷲ

ޑިފެންޑަރުން:

ސަމޫހު އަލީ (ސަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، ހަސަން ޝިފާޒް (ޑުންގާ)، ޝިފާން ހަސަން (ޝިފާންޓެ)، ހުމައިދު ހުސެއިން، އަހުމަދު މާއިޝް ރަޝީދު

މިޑްފީލްޑަރުންނާއި ފޯވާޑުން:

އިބްރާހިމް އައިސަމް، ހަސަން ރާއިފް އަހުމަދު (ހަންނަ)، ހުސެއިން ނިހާން (ނިހާޓް)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހަަސަން ސުފިއާނު، ނިޝާމް މުހައްމަދު ރަޝީދު، މުހައްމަދު ސަހާއު (ބޭލް)، އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު އިރުފާން (އިރޭ)، ނާއިޒު ހަސަން (ދާދު)،

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް