
މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން
193 ސްކޫލަށް ސްޓްރެޗައާ 56 ސްކޫލަށް ފަސްޓް އެއިޑް ކިޓް
ސީއެންއެމް ނިއުސް ޓީމް
22 މާރޗް 2023 - 16:24:18
ސަރުކާރުން ރުކާރުގެ ސްކޫލުތަކުގެ ތެރެއިން 193 ސްކޫލަކަށް ސްޓްރެޗާ އަދި 56 ސްކޫލަށް ފަސްޓް އެއިޑް ކިޓް ހަވާލު ކުރުމުގެ ޕްރޮގްރާމް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
މިތަކެތި ރާއްޖޭގެ ސަރުކާރު ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ލަރނިންގ އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (މޯލްޑިވްސް ލޭމްޕް) އިން މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން މިއަދު މިތަކެތި ހަވާލުކޮށްފައިވަނީ ކ. މާފުށި ސްކޫލް، ކ. ގުރައިދޫ ސްކޫލް އަދި ކ. ހުރާ ސްކޫލްގެ ޕްރިންސިޕަލުންނާ ހަވާލުކޮށްފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ.
"މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ގާއިމުވެފައިވާ ޕްރޮޖެކްޓެކެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ހިއްސާވާކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް