ads
ޝާހުރުކް ހާން
ޕަތާންކުޅުނުއިރު ގަވާއިދުން ބޮލެއް ނުދޮންނަން: ޝާހުރުކް ހާން
އޭނާގެ އެންމެ ފަހުގެ ފިލްމު ތަޕާންގައި މަސައްކަތްކުރިއިރު ގަވާއިދުން އިސްތަށިގަނޑު ނުދޮންނަކަމަށް ބޮލީވުޑްގެ މެގެ ސްޓާ ޝާހުރުކް ހާން ބުނެފިއެވެ.

ޝާހްރުކް ހާން ގަވާއިދުން އިސްތަށިގަނޑު ނުދޮންނަކަން ހާމަކޮށްދިނީ ފޭނަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. 

ފޭނަކު ކުރު ސުވާލަކަށް ޖަވާބު ދިނުމަށް އާންމުކުރި ވީޑިއޯއެއްގައި ޝާހުރުކް ހާން ބުނެފައިވަނީ އޭނާގެ ސަޕޯޓަރުންގެ ކޮމެންޓާއި ބައެއް ވީޑިއޯތަކާއި، ސަޕޯޓަރުން ކޮށްފައިވާ ބައެއް ސުވާލުތައް އޭނާ އަތުގައި އެބަހުރި ކަމަށެވެ. ޝާހު އަންނަނީ އެމީހުންނަށް ޖަވާބުދޭން މަސައްކަތް ކުރަމުންކަމަށް ވެސް އެނާގެ ވީޑިއޯގައި ބުނެފައިވެއެވެ. 

މި ގޮތުން އެ ވީޑިއޯގައި ޝާހުރުކް ހާން ވަނީ އެނާ މީގެ ކުރިން ދުވަހަކުވެސް ނުކުރާކަމެއް ނަމަވެސް ‘ޕަތާން’ ގައި އޭނާ ކުރި ކަމަކީ ކޮބާތޯ؟ ކުރި ސުވާލަށް ޖަވާބުދީފައެވެ. 

“އަޅުގަނޑު ނުކުރާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އެކަމަކު ހީވާ ގޮތުގައި ކުރަން ޖެހުނު އެއް ކަމަކީ ބޯ ކޮންމެ ދުވަހަކު ދޮވުން ހުއްޓަލުން. އެއީ އަހަރެން ދުވަހަކުވެސް ނުކުރާ ކަމެއް،” ޝާހްރުކް ޖަވާބު ދިނެވެ.

އަދި ‘ޖޫމޭ ޖޯ ޕަތާން’ ލަވަ އަށް ނަށާ އަންހެން ކުއްޖެއްގެ ވީޑިއޯއެއް ވެސް ކަމުދާކަމަށް ޝާހުގެ ވީޑިއޯގައި ބުނެފައިވެއެވެ.  

“އެއީ ވަރަށް ހިތްގައިމު އަދި ވަރަށް ވަރަށް ރީތި ނެށުމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ މީނާ ޖީ މިކަން ކޮށްދިނީތީ. ކުރިން މީނާ ނަށާތަން ފެނުނުނަމަ ފަހަރެއްގައި އަހަރެމެން ދީޕިކާ ޕަދުކޯންގެ ބަދަލުގަ މީނާ އަށް ފުރުސަތު ދިނީސް. އަޅުގަނޑަށް ޔަގީން މީނާ ވެސް ދެކޮޅެއް ނުހަދާނެކަން.” ޝާހު ބުންޏެވެ.

‘ޕަތާން’ އެންމެ ބިރުގަންނަނީ ކޮން ކަމަކާތޯ ސުވާލު ކުރުމުން އޭނާ ބުނީ ‘ޕަތާން’ އަކީ “އޭނާގެ ގާބިލްކަމާއި އަދި އެއަށްވުރެ މާ ބޮޑަށް ގައުމަށް ޚިދުމަތް ނުކުރެވޭތީ ބިރުގަންނަ މީހެއް” ކަމަށެވެ.

ޝާހުގެ މި ވީޑިއޯ އާންނުކޮށްފައިވަނީ އެމެޒޯން ޕްރައިމް އިންނެވެ. އެމަޒޯން ޕްރައިމް އިން ވަނީ 'ޕަތާން' ފިލްމު ދައްކަން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް