ads
މިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިން
އިންތިހާބުގައި ބައިނަލްއަގްވާމީ އޮބްޒާވަރަކަށް ވުމަށް ހުޅުވާލައިފި
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ބައިނަލްއަގްވާމީ އޮބްޒާވަރުކަމަށް، އަދި މޮނިޓަރުކަމަށް ވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިންތިހާބުގެ ކަންކަން އޮބްޒާވްކޮށް މޮނިޓަ ކުރަން ބޭނުންވާ ބައިނަލްއަގްވާމީ ފަރާތްތަކާ، ޖަމިއްޔާ ޖަމާއަތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ބޭނުންވާ ފަރާތްތަކުން، މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިލަޔަށް އެޕްލިކޭޝަން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އެކަމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބައިނަލްއަގްވާމީ މޮނިޓަރުންނާއި އޮބްޒާވަރުންނަކީ އުމުރުން 18 އަހަރު ފުރިފައިވާ އަދި އިންތިހާބާ ގުޅޭ ކަންކަން މޮނިޓަކޮށް އޮބްޒާވްކުރާ އިދާރާއެއްގެ ނުވަތަ ޖަމިއްޔާ ޖަމާއަތެއްގެ ފަރާތްކަށް ވަންޖެހޭނެ ކަމަށެވެ.

މީގެއިތުރުން އެފަރަތަކީ ވަކި ސިޔާސީ ފިކުރެއް ޕްރަމޯޓްކޮށް، ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް އުޅޭ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި، އެފަދަ ކަމެއްގައި ބައިވެރިވެގެންވެސް ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އެވެ. އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ބާއްވާނީ ސެޕްޓެމްބަރު 30 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް