ads
އަކަންކްޝާ ދުބޭ
ފިލްމީ ތަރި އަކަންކްޝާ ދުބޭ އަމިއްލައަށް މަރުވެއްޖެ
އިންޑިއާގެ މަޝްހޫރު ބޮޖްޕޫރީ އެކްޓަރު އަކަންކްޝާ ދުބޭ،25 އިންޑިއާ ހޮޓަލެއްގައި އަމިއްލައަށް މިއަދު މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން އެނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު އެވެ. އަދި އޭނާ މަރުވީ އަމިއްލައަށްކަމަށް ފުލުހުން ނިންމާފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

އަކަންކްޝާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓު މޯޓަމްއަށް ފޮނުވާފައެވެ. 

"ޕްރައިމާ ފެޝީ ރިޕޯޓުން ހާމަވަނީ އެއީ އަމިއްލައަށް މަރުވުމުގެ މައްސަލައެއް ކަމަށް ވެދާނެ. އެކަމަކު މަރުވި ސަބަބު ޔަގީން ކުރުމަށްޓަކައި ޕޯސްޓްމޯޓަމް ރިޕޯޓަށް މަޑުކުރަން ޖެހޭ،" ފުލުހުންގެ އިސް އޮފިސަރަކު މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

އަކަންޝާ ދަންޖެހިފައި ހުއްޓާ ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ހޮޓަލުގެ މުވައްޒަފެކެވެ. 

ބޮޖްޕޫރީ ސިނަމާއާއި މިއުޒިކާއި ފިލްމުތަކުގައި މަސައްކަތް ތަކުގައި އަކަންޝާއަކީ މަޝްހޫރު އެކްޓަރެކެވެ. 

43%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް