ads
ތައިމޫރު---
ތައިމުރުގެ މި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން!
ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ސައިފް އަލީ ހާން އާއި އޭނާގެ އަންހެނުން އަދި އެކްޓަރެސް ކަރީނާ ކަޕޫރު ހާންގެ ދަރިފުޅު ތައިމޫރު އަލީ ހާންގެ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ކަރީނާ ހިއްސާކުރި އެފޮޓޯއިން ފެނިގެންދަނީ ތައިމުރު ކަރީނާގެ ކޮނޑުމަތީގައި ބޯއަޅައިގެން އޮތް މަންޒަރެވެ. އެފޮޓޯ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު މިއީ ކަރީނާ އިންސްޓަގުރާމު އެކައުންޓެއް ހެދި ފަހުން ޕޯސްޓުކުރި ދެ ވަނަ ފޮޓޯއެވެ.

ކަރީނާ އިންސްޓަގުރާމު ބޭނުން ކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިހާތަނަށް އޭނާ ވަނީ ހަތަރު ފޯސްޓުކޮށްފަ އެވެ.

ކަރީނާ އާއި ސައިފް އަލީ ހާން ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އެ ދެމީހުންނަށް ތައިމުރު ލިބިފައި ވަނީ 2016 ވަނަ އަހަރު އެވެ. 

ތައިމޫރު ވިހޭއްސުރެ އެކުއްޖާއަށް އޮންނަ ތަރުހީބު ވެސް ބޮޑެވެ. ޕަޕަރާޒީން އެކުއްޖާ ސްކޫލަށްދާ ވަގުތުން ފެށިގެން ގޭދޮށުގައި ކުޅެން އުޅޭ ވަގުތުތަކުގައި ވެސް ފަހަތުން ދުވެ އެވެ. އެކަމާ ގުޅިގެން ސައިފް އާއި އޭނާގެ އާއިލާއިން ތައިމޫރަށް އާދައިގެ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވަނީ ނުވެފަ އެވެ.

ތައިމޫރަށް އޮންނަ ސަމާލުކަމާއެކު އެކުއްޖާއަށް ނުރައްކަލެއް އޮވެދާނެތީ އާއިލާއިން އިންތިހާއަށް ކަންބޮޑުވެ އެވެ. ސައިފް ވަނީ މީގެ ކުރިން ވެސް އެތަށް ފަހަރެއްގެ މަތިން ޕަޕަރާޒީން އެވަރަށް ތައިމޫރުގެ ފަހަތުން ނުދުވުމަށް ވެސް އެދިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް