ads
ދިރާގުގައި ހުޅުވި މައިންގެ ކޮޓަރި-- ފޮޓޯ: ދިރާގު
ދިރާގުގައި "މައިންގެ ކޮޓަރިއެއް" ހުޅުވައިފި
ދިރާގުގައި ވަޒީފާ އަދާ ކުރާ މައިންނަށް ހާއްސަކޮށް ބޭނުން ކުރެވޭނެ ކޮޓަރިއެއް މިއަދު ހުޅުވައިފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް ހުޅުވި އެ ކޮޓަރިއަކީ ދަރިންނަށް ގާތުން ކިރު ދިނުން ފަދަ ކަންކަން ކުރަން މަންމައިންނަށް ބޭނުން ކުރެވޭނެ ތަނެކެވެ. 

ދިރާގުން ބުނީ "މައިންގެ ކޮޓަރި" ހުޅުވީ އޮފީހުގައި މަސައްކަތް ކުރާ މައިންނަށް އެ މީހުންގެ ތުއްތު ދަރިންނަށް ގާތުން ދިނުމަށް ފަސޭހަ، އަރާމު އަދި ރައްކާތެރި މާހައުލެއް ހޯދައި ދިނުމަށެވެ.

ގާތުން ކިރު ދިނުމަށް ފަސޭހަ އިންތިޒާމްތަކެއް ނެތުމަކީ ވަޒީފާގައި އުޅޭ އަންހެނުންނަށް، އެމީހުންގެ ދަރިންނަށް ގާތުން ކިރު ދިނުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ސަބަބެކެވެ. 

"މައިންގެ ކޮޓަރި" ދުނިޔޭގެ ގިނަ ގައުމުތަކުގެ އޮފީސްތަކުގައި ހުންނަ ތަނެކެވެ. ދިރާގުގައި ގާތްގަނޑަކަށް 600 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭއިރު، ކުންފުނީގެ ކާމިޔާބީގައި އަންހެން މުވައްޒަފުންގެ ހިއްސާ ބޮޑެވެ.

ދިރާގުން ބުނީ އަންހެނުން ބާރުވެރިކޮށް ވަޒީފާގެ މާހައުލުގައި ހަމަހަމަ އުސޫލުތަކަށް އަމަލުކުރުމަކީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ގޮތް ކަމަށެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް