ads
ކަރިސްމާ އާއި ކަރީނާ--
ރަނގަޅު ސްކްރިޕްޓެއް އަތުޖެހިއްޖެނަމަ ދައްތައާއެކު މަސައްކަތްކުރަން ކަރީނާ ތައްޔާރު!
ރަނގަޅު ސްކްރިޕްޓެއް އަތުޖެހިއްޖެނަމަ ދައްތަ ކަރިސްމާ ކަޕޫރާއެކު މަސައްކަތް ކުރާނެ ކަމަށް ކަރީނާ ކަޕޫރު ބުނެފި އެވެ.

ކަރިސްމާގެ ވެބް ސީރީޒެއް ދައްކަން ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ސްކްރީނިންގައި ބައިވެރިވެ ކަރީނާ ބުނީ އެކަކު އަނެކަކާއެކު މަސައްކަތް ކުރަން އެމީހުން ތިބީ ކެތްމަދުވެފައި ކަމަށެވެ. ނަމަވެސް އެގޮތަށް މަސައްކަތް ކުރަން މިހާތަނަށް އެކަށީގެންވާ ވަރުގެ ސްކްރިޕްޓެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ. 

ކަރީނާ އިތުރަށް ބުނެފައި ވަނީ ވަރަށް ރަނގަޅު ސްކްރިޕްޓަކާއެކު މީހަކު އަތުވެއްޖެނަމަ އެ ދެމީހުން އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކަރިސްމާ ފިލްމީ ދާއިރާއަށް އެނބުރި މިއަީ ގިނަ އަހަރުތަކެއް ވަންދެން ފިލްމީ ދާއިރާއާ ދުރުގައި އުޅުމަށް ފަހެވެ. ނަމަވެސް ނުވަދިހައިގެ އަހަރުތަކުން ފެށިގެން ކަރީނާ އަދިވެސް އަންނަނީ ފިލްމީ ދާއިރާގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް