ads
ތިމަރަފުށީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުން--
‎ތިމަރަފުށީ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް އެސްޖޭން ފަށައިފި
ތ. ތިމަރަފުށީގައި 100 ޔުނިޓް ޑިޒައިންކޮށް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރެކްޝަނަށް ހަވާލު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ހައުސިން މިނިސްޓްރީއާއެކު އެސްޖޭން އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރި އިރު މިމަހުގެ ހަތް ވަނަ ދުވަހު އެ ޕްރޮޓެކްޓުގެ އަމަލީ މަސައްކަތް ކުންފުނިން ވަނީ ފަށާފަ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ، މިއީ މިހާ އަވަހަށް އަމަލީ މަސައްކަތް ފެށުނު ފުރަތަމަ ހައުސިން ޕްރޮޖެކްޓް ކަމަށެވެ.

ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ކުރަމުން އަންނަ އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް ވިދާޅުވީ އެ ކުންފުނިން ޕްރޮޖެކްޓްތައް ނަގަނީ ބަލަން ތިބެން ނޫން ކަމަށާއި، ޕްރޮޖެކްޓެއް ލިބުމުން ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މިއީ މިހާތަނަށް އެންމެ އަވަހަށް ފެށުނު ހައުސިން ޕްރޮޖެކްޓްކަން އޭނާ ވެސް ފާހަގަ ކުރެއްވި އެވެ.

‎އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަޝްރޫއު އެސްޖޭއާ ހަވާލުކުރީ 71.5 މިލިއަން ރުފިޔާ އަށެވެ. މި ޕްރޮޖެކްޓްގައި އަޅާ 100 ހައުސިން ޔުނިޓު ޑިޒައިން ކޮށްފައިވަނީ ތިން ކޮޓަރި އާއި ތިން ފާހާނާ އަދި ސިޓިން ރޫމްގެ އިތުރުން ލޯންޑްރީ އާއި ފްރޮންޓްޔާޑް ހިމެނޭ ގޮތަށެވެ.

އެގްރީމަންޓްގައި ސޮއި ކުރިތާ މަހެއްހާ ދުވަހުގެ ތެރޭގައި ތިމަރަފުށީ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށިގެން ދިޔަ ނަމަވެސް، މިދިޔަ އަހަރު ސޮއި ކުރި ބައެއް ރަށްރަށުގެ ހައުސިން ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް މިހާތަނަށް ނުފެށި ދިގުލައިގެން ގޮސްފައި ވެއެވެ.

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް