ads
ދިޝާ---
ކޮރޯނާ ވައިރަހާ ގުޅިގެން ދިޝާ ވެސް މާސްކް އަޅަން ފަށައިފި
ކޮރޯނާ ވައިރަހާ ގުޅިގެން ބޮލީވުޑުގެ ޒުވާން ބަތަލާ ދިޝާ ޕަޓާނީ ވެސް މާސްކް އަޅަން ފަށައިފިއެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ދިޝާ ހިއްސާކޮށްފައިވާ ފޮޓޯއިން އޭނާ މާސްކް އަޅައިގެން ހުރި މަންޒަރު ފެނުނު އިރު މިއީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ދިޝާގެ އިތުރުން ބޮލީވުޑުގެ ގިނަ ފަންނާނުން މިހާރު އާންމުގެ ތެރެއަށް ނިކުންނައިރު މާސްކް އަޅާ މަންޒަރު ފެނިގެންދެއެވެ.

ދެހާސް ފަނަރަވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ދިޝާ މިހާތަނަށް ފެނިގެން ދިޔައީ ކާމިޔާބު ފިލްމުތަކުންނެވެ.

އޭނާ ވަނީ ބާގީ 2 އާއި އެމްއެސް ދޯނީ ފަދަ ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.

އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ސަލްމާނުގެ ފިލްމު "މަލަންގް" އިންނެވެ. އޭނާ ވަނީ ބާގީ 3ގެ ލަވައަކުން ވެސް ފެނިގެން ގޮސްފައެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަލްމާނު ހާންއާ އެކު ފިލްމު "ރާދާ" އިންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް