ads
ސައުދީ އަށް ހަނދު ފެނިއްޖެ، މާދަމާ އީދު
ސައުދީ އަށް ހަނދު ފެނިއްޖެ، މާދަމާ އީދު
ޝައްވާލް މަހުގެ ހަނދު ފެނިއްޖެކަމަށާއި މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފި އެވެ.

ސައުދީ އަލް އަރަބިއްޔާ ނިއުސް އެޖެންސީން ބުނީ، ތުމައިރު އެންޑް ސުދައިރު އޮބްސަވޭޓަރީގެ ހަނދު ސާބިތުކުރުމާ ބެހޭ ކޮމިޓީން ބެލިބެލުމުން ޝައްވާލު މަހުގެ ހަނދު ސާބިތުވެފައިވާ ކަމަށެވެ.

އެހެން ކަމުން ސައުދީ ސްޕްރީމް ކޯޓުން ވަނީ މިއަދަކީ ރޯދަ މަހުގެ 29 ވަނަ ދުވަސް ކަމަށް ކަނޑައަޅައި، މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ނިންމާފައެވެ.

އަލް އަރަބިއްޔާއިން ބުނީ މާދަމާ އަކީ ފިތުރު އީދު ދުވަހަށް ވުމުން ސައުދީގައި ކުރިއަށް އޮތް ހަތަރު ދުވަހަކީވެސް ރަސްމީ ބަންދު ދުވަސްތައްކަމަށެވެ.

ސައުދީން މާދަމާއަކީ ފިތުރު އީދުކަމަށް ކަނޑައެޅި ނަމަވެސް ރާއްޖެއިން އަދި ހަނދާ ބެހޭގޮތުން ނިންމުމެއް ނިންމާފައެއް ނުވެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް