ads
ހައްޖު ކޯޕަރޭޝަންގެ "ޕްލާސްޓިކް ނޫން ގޮތެއް" ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ހައްޖު ކޯޕަރޭޝަން
"ދުރޫސުލް އަހްލާގު އަލުން ލިޔާނަމަ ކުންޏާމެދު ޒިންމާވުމުގެ އަހުލާގު މިހާރު ލިޔަންޖެހޭ"
ދުރޫސުލް އަޚްލާގު އަލުން ލިޔާކަމަށް ވާނަމަ ކުންޏާމެދު ޒިންމާވުމުގެ އަހުލާގު މިހާރު ލިޔަންޖެހޭ ކަމަށް އެންވަޔަރު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.
ދުރޫސުލް އަޚްލާގު އަލުން ލިޔާކަމަށް ވާނަމަ ކުންޏާމެދު ޒިންމާވުމުގެ އަހުލާގު މިހާރު ލިޔަންޖެހޭ ކަމަށް އެންވަޔަރު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ "ޕްލާސްޓިކް ނޫން ގޮތެއް" ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ ދުރޫސުލް އަޚްލާގު އަލުން ލިޔަންޔާ ކުންޏާ މެދު ޒިންމާވުމުގެ އަޚުލާގު މިހާރު ލިޔަންޖެހޭ ކަމަށެވެ.

"އެ ފެންވަރުގެ މުހިންމު ކަމެއް ކަމަށް މިހާރު ކުންޏާ މެދު ޒާތީކޮށް އަމިއްލަ ފެންވަރުގައި ޒިންމާދާރު ވުމަކީ." މިނިސްޓަރު ވިދާޅުވިއެވެ.

ކުނި ތިމާގެ ވެއްޓަށް އުކާލައިފި ކަމުގައި ވަނީނަމަ އެ ކުނީގެ ރަހަ ލާނެ ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ އެ ހުރިހާ ކަމެއްގެ ދެރަ ނިކަމެތިކަން ލިބެނީ އަމިއްލަ މީހާއަށް ކަމަށެވެ. އެހެންކަމުން އެ ޒިންމާ ހުރިހާ ފަރާތްތަކުން ނެގުމަށް މިނިސްޓަރު ވަނީ ގޮވާލާފައެވެ.

ހައްޖު ކޯޕަރޭޝަނުން އިސްނަގައިގެން ތިމާވެއްޓާއި ރަހުމަތްތެރި މިފަދަ މުހިންމު ކަމެއް ކުރުމަކީ ޕްލާސްޓިކަށް ނޫނެކޭ ބުނުމަށްޓަކައި ސަރުކާރުން ފައްޓާފައިވާ މަޝްރޫޢަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި އެ ކުންފުނިން ހައްޖަަށް މީހުން ގެންދާއިރުގައިވެސް އެ ތަނުގައިވެސް ޕްލާސްޓިކް ވީހާވެސް މަދުން ބޭނުން ކުރުމަށް ލަފާދެއްވަމުން މިނިސްޓަރު ވިދާޅުވީ ރިޔޫސެބްލް ފުޅި ބޭނުން ކުރުމަށް ހައްޖާޖީންނަށް ހޭލުންތެރި ޕްރްގްރާމްތަކާއި އަދި އެނޫން ގޮތްގޮތުން މަގުފަހި ކުރުވުމުން އެކަމަކީ ވަރަށް މުހިންމު ކަމަކަަށްވެގެންދާނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ.

އަދި އެކަމަކީ ކުރިވެދާނެ ކަމެއްކަން ހައްޖު ކޯޕަރޭޝަނުން ދައްކައިފި ކަމުގައި ވަނީ ނަމަ ގިނަ ބަޔަކު ގަބޫލު ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ތިމާވެއްޓަށް ލިބޭ ގެއްލުން ހަމައެކަނި ކުރަނީ ޕްލާސްޓިކް ފުޅިން ނޫން ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެއްޗެހި ބަންދު ކުރުމުގައިވެސް އެއް ފަހަރު ބޭނުން ކުރާ ޕްލާސްޓިކް މަދު ކުރަންވާނޭ ކަމަށެވެ.

އަދި މިކަންތައް މިފަދަ ގޮތަކަށް ކަންތައްތައް ކުރަންޖެހެނީ ވަށައިގެންވާ ފަރުތަކަށްޓަކައި ކަމަށް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ފަރުދީ ޒިންމާއަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތަށް ފަހު ސީއެންއެމަށް ދެއްވި އިންޓަވިއުއެއްގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު ވިދާޅުވީ އެ ކޯޕަރޭޝަނުން "ޕްލާސްޓިކް ނޫން ގޮތެއް" ޚިޔާރު ކުރީ ދިވެހި ރާއްޖެ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި އޮތުމަށްޓަކައި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިގެންކަމަށެވެ.

އަދި ތިމާވެއްޓަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޕްލާސްޓިކް ކަމަށްވެފައި ސިންގަލް ޕްލާސްޓިކް އަކީ އަދި ވަކިން ހާއްސަކޮށް ތިމާވެއްޓަށް ގެއްލުންދޭ ބާވަތަކަށްވާތީވެ އެކަން އެއްކޮށް ހުއްޓާލެވިއްޖެ ކަމުގައިވަނީނަމަ ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އެ ކުރެވުނީ ވަރަށް މުހިންމުކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެ ކޯޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާއިލާގެ ބޭފުޅުންވެސް ވީހާވެސް މަދުން ޕްލާސްޓިކް ބޭނުން ކުރުމަށް އިލްތިމާސް ކުރާނެ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ. އަދި އެ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު މިއަދުން ފެށިގެން ޕްލާސްޓިކް ބޭނުން ނުކުރާނެ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް