ads
ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ޕާޓީތަކުން ސައްހަނޫން ފޯމް ހުށަހަޅާތީ އެކަން ހައްލުކުރުމަށް ޕާޓީތަކާއި އެކު މަޝްވަރާ ކޮށްފި
ސިޔާސީ ޕާޓީތަކުން ސައްހަނޫން ފޯމު ހުށަހަޅަމުންދާތީ އެކަން ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ސިޔާސީ ޕާޓީތަކާއި ފުލުހުންނާއި އެކު މަޝްވަރާ ކޮށްފި އެވެ.

އީސީން މިއަދު  ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުން ދަފްރަތުކުރުމަށް ސައްހަ ނޫން ފޯމް ހުށަހަޅަމުންދާތީ އެކަން ހައްލުކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކުރަމުންދާކަމަށެވެ. އެގޮތުން  އެކަން ހައްލުކުރުމަށް ސިޔާސީ ޕާޓީތަކާއި، މޯލްޑިވްސް ޕޮލިސްސާވިސްއާއި އެކު މަޝްވަރާތައް ފަށާފައިވާކަމަށް ބުނެފައިވެއެވެ.

ސިޔާސީ ޕާޓީތަކުން ސައްހަ ނޫން ފޯމް ހުށަހަޅަމުންދާތީ އެކަން ހައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރަން މިއަދު ފަށާފައިވާއިރު ވާނުވާ ނޭންގި ބައެއް މެމްބަރުން އެހެން ޕާޓީތަކަށް ރަޖިސްޓްރީ ވަމުންދާކަމަށް މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ރަޖިސްޓްރީ ކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް