ads
ޖޯނީ ޑެޕް
25 އަހަރަށްފަހު ޖޯނީ ޑެޕް އެނބުރި ޑައިރެކްޝަނަށް، ފިލްމަށް ކިޔަނީ 'މޯދީ'
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް 25 އަހަރަށްފަހު އަނެއްކާވެސް ފިލްމެއް ޑައިރެކްޓު ކުރަން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އެނާ ޑައިރެކްޓު ކުރަން ނިންމާފައިވާ ފިލްމުގެ ނަމަކީ މޯދީއެވެ. 

ޑެޕް އޭނާގެ ކުރިއަށް އޮތް ފިލްމުގެ ކާސްޓުން ވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ރޯލަކުން  ލެޖެންޑަރީ އެކްޓަރު އަލް ޕަޗިނޯ ވެސް ފެންނާނެއެވެ.

ފިލްމު މޯދީގެ ލީޑް ރޯލުން ފެނިގެންދާނީ އިޓަލީގެ އެކްޓަރު ރިކާޑޯ ސްކަމާސިއޯ އެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ "ޖޯން ވިކް: ޗެޕްޓަރ 2"، "ދަ ބެސްޓް އޮފް ޔޫތު"، އަދި ޕައޮލޯ ސޮރެންޓީނޯގެ "ލޯރޯ" ފަދަ ފިލްމުތަކުންނެވެ. ރިކާޑޯ އާއި ޕަޗިނޯގެ އިތުރުން ފިލްމުގެ މުހިއްމު ރޯލެއްގައި ޕިއެރޭ ނައިނީ ވެސް ފެނިގެންދާނެ އެވެ. ޖޯނީ ޑެޕްގެ ޑައިރެކްޝަނަލް ފިލްމު މި އަހަރުގެ ތެރޭގައި ބުޑަޕެސްޓްގެ ސިނަމާތަކަށް ނެރޭނެ ކަމަށް ބެލެވެ އެވެ.

ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން ޑެޕް އާއި އަލް ޕަޗިނޯ އާއި ބެރީ ނަވީދީއާ އެކު "މޯދީ" ގެ ކޯ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ޑެޕް ހަރަކާތްތެރިވާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމަކީ ޑެނިސް މެކިންޓައިއާގެ ޑްރާމާ "މޮޑިގްލިއާނީ" އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.  ޖެރްޒީ އާއި މެރީ ކްރޮމޮލޮވްސްކީ ލިޔެފައިވާ ފިލްމެކެވެ.

ޑެޕްގެ އެންމެ ފަހުގެ ޑައިރެކްޝަން އަކީ 1997 ވަނަ އަހަރު އުފެއްދި "ދަ ބްރޭވް" އެވެ. މި ފިލްމުގައި ޖޯނީ ޑެޕް އާއި މާލޮން ބްރެންޑޯ ފެނިގެންދިޔަ އެވެ. 

50%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް