ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
އޮންލައިންކޮށް މާލޭ ފެން ކުންފުނީގެ ހިދުމަތް ހޯދުމަށް އެކުންފުނިން އެދިއްޖެ
މޯލޭ ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ ކަސްޓަމަރުން އޮންލައިނު ކޮށް ހިދުމަތް ހޯދުމަށް އެކުންފުނިން އެދެފިއެވެ

އެމް.ޑަބްލި.އުއެސް.ސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެ ބަލި އިތުރަށް ފެތުރުނަ ނުދޭން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރާކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުން އެކަމަށް ސަމާލުވެ އޮންލައިނުކޮށް ބިލްދެއްކުމާއި ހިދުމަތް ހޯދުމަށް އެދޭކަމަށެވެ.

އަދި އެމްޑަބްލިއުއެސްސީގެ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ނުވަތަ މައްސަލައެއް ހުށަހަޅުއްވަން ބޭނުންވާ ނަމަ، 24 ގަޑިއިރު މިކުންފުނީގެ ކަސްޓަމާކެއާ ސެންޓަރަށް އަށް ގުޅުއްވުން އެދޭކަމަށެވެ.

އަދި  ގޭގަ ތިބެގެން ފެންބިލާއި ކަރަންޓް ބިލަށް އެދޭ ފޯމު ހުށަހެޅުމުގެ އިތުރުން ގޭގައި ތިބެގެން ހިދުމަތުގެ ސްޓޭސަން ބެލޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް